މާލޭގެ ރެސްޓޯރަންޓެއްގައި ބަޔަކު ޚިދުމަތް ހޯދަނީ
މާލޭގެ ރެސްޓޯރަންޓެއްގައި ބަޔަކު ޚިދުމަތް ހޯދަނީ
މާލޭގައި ހިންގާ ކެފޭ، ރެސްޓޯރަންޓް އަދި ސައިހޮޓާގެ ވިޔަފާރިތައް ބަނގުރޫޓްވަމުންދާތީ މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރި ބަޔަކަށް ކެފޭ/ރެސްޓޯރަންޓް ވިޔަފާރިތައް ހިންގާ ފަރާތްތައްވެފައިވާއިރު، އެފަރާތްތަކަށް އިއާދަނުކުރޭވަރުގެ ގެއްލުންތައް ލިބެމުންދާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަމުގައި އެހީތެރިވުމަށް ތަކުރާރުކޮށް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ހިންގާ ކެފޭ، ރެސްޓޯރަންޓް އަދި ސައިހޮޓާތަކަށް ލިބެމުންދާ އިއާދަނުކުރެވޭވަރުގެ ގެއްލުންތަކަކީ ސިޓީ ކައުންސިލާއި ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ވިޔަފާރިތައް ބަނގުރޫޓްވެ، އެތައް ރައްޔިތުންގެ ވަޒީފާ ގެއްލެމުންދާކަމަށެވެ.



ކެފޭ/ރެސްޓޯރަންޓް ވިޔަފާރިތައް ބަނގުރޫޓްވަމުންދާއިރު، ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މި ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި އިއުލާންކުރި ލޮކްޑައުންއާ ހިސާބުން ފެށިގެން ކެފޭ/ރެސްޓޯރަންޓްތަކަށް ގެއްލުންވަމުން ދާކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ ބައެއްގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން