ސ.ފޭދޫ
ސ.ފޭދޫ
އައްޑޫ ސިޓީ ފޭދޫގައި ހިނގި މާރާމާރީއަކާއި ގުޅިގެން 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މިމާރާމާރީ ހިންގާފައިވަނީ ފޭދޫ ކުޑަކުދިންގެ ޕާކު ސަރަޙައްދުގައިކަމަށެވެ. އަދި މިމާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެގެ އިރުއޮއްސި 6:30 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ފޭދޫގައި ހިނގި މާރާމާރީއާއި ގުޅިގެން ކޯޓު އަމުރުގެ ދަށުން 5 މީހަކު ހައްޔަރުކޮށްފައިވާކަމަށެެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 21 އަހަރުގެ ދެ މީހުންނާއި އުމުރުން 32 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމާރާމާރީގައި 7 މީހަކަށް އަނިޔާވެފައިވާއިރު، ފޭދޫ ސިއްޙީ މަރުކަޒުގައާއި ހިތަދޫ ހޮސްޕިޓަލްގައި އެމީހުންނަށް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން