އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޮންމެ ހުކުރުދުވަހަކު ބާއްވަމުން އަންނަ މުޒާހަރާގެ ތެރެއިން އިއްޔެ ބޭއްވި މުޒާހަރާއިން ވަނީ 25 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲއާއި އިދިކޮޅު ކޯލިޝަންގެ އިސްވެރިން ހިމެނިވަޑައިގެންނަވައެވެ.

ފުލުހުން ވިދާޅުވީ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާކަމަށެވެ. އަދި އެމީހުން ދޫކޮށްލީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ ޖޫރިމަނާކުރުމަށްފަހުކަމަށް ފުލުުހުން ވިދާޅުވެއެވެ.

މީގެކުރިންވެސް އިދިކޮޅުން ބާއްވާފައިވާ މުޒާހަރާތަކުން މީހުން ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކުރާ އެންމެން ދޫކޮށްލަނީ ޖޫރިމަނާކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން