ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ނާއިބު ރައީސް ފައިސަލް ނަސީމް ހުންނެވިީ އެމްޑީޕީއާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރައްވާފައިވަނީ ނާއިބު ރައީސް ފައިސަލް ނަސީމާއެކު އިންނެވި ފޮޓޯއެއް ޓްވިޓަރގައި ހިއްސާކުރައްވަމުންނެވެ.



ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ނައިބު ރައީސް ފައިސަލް ހުންނެވީ އެމްޑީޕީއާއެކުކަމަށެވެ. އަދި އެއީ އެމަނިކުފާނު ރާއްޖެއަށް ހެޔޮއެދިވަޑައިގަންނަވާކަމުގެ ދަލީލެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ނައިބު ރައީސް ފައިސަލް ހުންނެވީ އެމްޑީޕީއާއެކުކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ފައިސަލް ނަސިމަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަރަށް އަރިސް ބޭފުޅެކެވެ.

ނާއިބު ރައީސް ފައިސަލް ހުންނެވިީ އެމްޑީޕީއާއެކުކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް، ފައިސަލް އެކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަނެއްކޮޅުން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ މިނިސްޓަރ މަލީހް ޖަމާލް އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވުމުން އޭނާއަށް ފިޔަވަޅު އަޅާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އޮތީ ވިދާޅުވެފައެވެ.

ނަމަވެސް އޭގެކުރިން މަލީހް ވަނީ ޖޭޕީން ދުރަށް ވަޑައިގެންފަ އެވެ. އެހެންކަމުން ޖޭޕީގެ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެއްގައި ނާއިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވަން ނިންމަވައިފިނަމަ ޖުމްހޫރީ ޕާޓީން އެކަމާއި މެދު ފިޔަވަޅު އަޅާނެތޯ ނުވަތަ ނޫންތޯ އެއީ މިހާރު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކކކކކ

15-Mar-2021

ތީ ކޮން ބޭކާރު ވާހަކައެއް! މީހަކު ބުނެފިތަ އޭނަ ހުރީ ޕީޕީއެމްއާ އެކުގައޭ? އަނގައަށް ހަދާނެ ގޮތެއް ނޭނގިގެން އުޅެނީ, ކަލޭ އުޅެނީ ކައުންސިލަށް ކުރިމަތިލައިގެންތަ?



ޓްރެންޑިން