އައްޑޫ ސިޓީ، ހިތަދޫ
އައްޑޫ ސިޓީ، ހިތަދޫ
ކޯވިޑް ފެތުރެމުންދާތީ މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާ އައްޑޫ ސިޓީގެ މޮނީޓަރިންގެ ހާލަތު އުވާލައިފިއެވެ.

މަހެއްހާ ދުވަހަށްފަހު އައްޑޫ ސިޓީގެ މޮނީޓަރިންގެ ހާލަތު އުވާލިކަން ހާމަކޮށްފައިވަނީ ޑިރެކްޓާ ޖެނެެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ރޭ ނެރުއްވި އެންގުމެއްގައެވެ. އެންގުމުގައިވާ ގޮތުން އައްޑޫ ސިޓީ މޮނިޓަރިންގއިން ނެގީ އައްޑޫސިޓީގައި މޮނީޓަރިންގެ ހާލަތު އިތުރަށް ދިގު ދަންމަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުންކަމަށެވެ. އަދި އެ ސިޓީން ނެގި ހުރިހާ ރޭންޑަމް ސާމްލައެއް ނެގެޓިވްވެފައިވާކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

އައްޑޫ ސިޓީން ކޮވިޑް ކޭސްތައް ފެނިގެން މޮނީޓަރިން ހާލަތަށް ގެނައީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ސިޓީން ނެގި 4،889 ސާމްޕަލްގެ ތެރެއިން 92 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 86 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން