17 އަހަރުގެ މުހައްމަދު ފިރުޝާން
17 އަހަރުގެ މުހައްމަދު ފިރުޝާން
ގދ. އަތޮޅުގެ ފަޅު ރަށަކަށް ގޮސް އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ފައި ބުރިކޮށްލަން ޖެހުނު އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާން މަސްނޫޢީ ފައެއް ޖަހަން ބޭނުންވެގެން އާއިލާއިން އާންމުންގެ އެހީއަށް އެދިފައިވީ ނަމަވެސް އާސަންދައިގައި އެކަމަށް އެދިފައި ނުވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާންގެ ފައި ބުރިކޮށްލަން ޖެހުނީ ގދ. އަތޮޅުގެ ފަޅުރަށަކަށް މިދިޔަ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު ދަތުރުގޮސް އުޅުމުގެ ތެރޭގައި ބާވެފައިވާ އިމާރާތެއްގެ ސީލިންގު ގައިމައްޗަށް ވެއްޓި، ލިބުނު އަނިޔާތަކަކާއި ގުޅިގެނެވެ.

ފިރުޝާން ފައެއް ޖެހުމަށް ބޭނުންވާ 5000 ޑޮލަރު ހޯދުމަށް އާއްމުންގެ އެެހީއަށް އެދުމުން، އާސަންދައިން ބުނީ އެކަމަށް އެދި އެންސްޕާއަށް ހުށަހެޅުމުން އެކަމަށް ހިނގާ ޚަރަދު ސަރުކާރުން ހަމަޖައްސައިދޭނެކަމަށެވެ. ނަމަވެސް މިހާތަނަށް އާއިލާއިން އެކަމަށް އެދި ހުށަހަޅާފައިނުވާކަމަށް އާސަންދައިން ބުނެއެވެ.



އާސަންދައިން ބުނީ ފިރުޝާނަށް ދިމާވި ހާދިސާއާ ގުޅިގެން ޗާޓަރު ފްލައިޓެއްގައި މާލެ ގެނެސް، އައިޖީއެމްއެޗާއި އޭޑީކޭއިން އޭނާއަށް ފަރުވާދީފައިވަނީ ސަރުކާރުގެ ޚަރަދުގައި ކަމަށެވެ. ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާ ދޫކޮށްލީ މީގެ ތިންދުވަހެއްކުރިންނެވެ.

ފިރުޝާން މަސްނޫޢީ ފައެއް ޖެހުމަށް އެހީ ހޯދުމަށް އާއިލާއިން މީސްމީޑިއާ މެދުވެރިކޮށް އެދުމުން ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން