ރައީސް އަބްދުﷲ ޔާމީން، ސަލްމާން މިސްކިތް ޤާއިމްކުރެއްވީ ޤުރުއާނާބެހޭ މަރުކަރުގެ ދާއިމީ އިމާރާތުގެ ގޮތުގައިކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތްކަމަށްވާ ކިންގް ސަލްމާން މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެމަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، އަދިވެސް މިސްކިތް ހުޅުވާނެ ދުވަހެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު ވިދާޅުވީ ރަސްމީކޮށް މިސްކިތް ނުހުޅުވުނު ނަމަވެސް އަންނަ ރޯދަމަހު މިސްކިތް ބޭނުން ކުރަން ފެށޭތޯ މަސައްކަތް ކުރަށްވާނެ ކަމަށެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިންގ ސަލްމާން މިސްކިތް ރައީސް ޔާމީން ޤާއިމްކުރެއްވީ ޤުރުއާނާބެހޭ މަރުކަޒުގެ ދާއިމީ އިމާރާތެއްގެ ގޮތުގައިކަމަށެވެ. އަދި ޤުރުއާނުގެ އިލްމު ރާއްޖޭގައި ފަތުރަން ބޭނުންވާ ފުރިހަމަ ވަސީލަތްތައް އެމިސްކިތުގައި ޤާއިމްކޮށްފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ އެ މަޤްޞަދުތައް ހާސިލުވާނޭ ގޮތުގެ މައްޗަށް އެތަން ދެމެހެއްޓުން މުހިއްމުކަމަށެވެ.



ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ބިނާކުރާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްޞަ ބައިގައި އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭނެއެވެ. އަދި ބޮޑެތި ޖަމާޢަތްތަކުގައި މިސްކިތުގެ އެހެން ބައިތައް ހިމެނޭގޮތުން އެއްފަހާރާ ދިހަހާސް މީހުންނަށް ނަމާދުކުރެވޭނެއެވެ. ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވަނީ ކުތުބުޚާނާއަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި، މަލްޓި ޕަރޕަސް ހޯލަކާއި، ޖަލްސާކުރާ މާލަމަކާއި، އޮޑިޓޯރިއަމަކާއި ޕާކިންގް އޭރިއާއެއްވެސް ހިމެނޭގޮތަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ސަލްމާން މިސްކިތަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާއިރު، އެ މިސްކިތް ހުޅުވޭނެ ދުވަހެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެސަރަޙައްދުން ޕާކިންގ ޒޯން މިހާރު ވަނީ ވިއްކަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދޮންދިޔެ

15-Mar-2021

އިސްލާމް ދީން ކުރިއެރުވުމަށް މިސަރުކާރު ވަރަށް ދެކޮޅުހަދާނެ އެކަމަކު ޚަބަރު ފަތުރަމުން ބުނާނެ ތިމަަންނަމެންނީ އިސްލާމުންނޭ އެކަން ދަމަހައްޓާ ބަޔަކީ އެމް.ޑީ.ޕީ އޭ. ސިއްރިޔާތުގައި އިސްލްދީނަށް ފުރައްސާރަ ކޮށް އުޅޭނެ. ޢަމަލުން ފެންނާނެ އުޅޭގޮތް އީވާ އަބުޅޯ މެންގެ އިސްލާމީ އުސޫލު . سبحان الله މަތިވެރި މަގުސަދެއްގައި اللهގެ ދީން މަތިވެރިކުރުމުގެ ނިޔަތުގައި ބިނާކުރި ތިފަދަ ތަނެއް ގުޅުވަން ފަސްޖެހޭ މީހުން ގެ ނިމުން ވަރަށް ހިތި ވާނެ ކަމީ ޝައްކެއް އޮތް ކަމެއްނޫން والله اعلم



ޓްރެންޑިން