ބަނގުރާ ފުޅިއަކާއެކު ހައްޔަރުކުރި ފުލުސް މީހާ ދޫކޮށްލައިފިއެވެ.

ބަނގުރާ ފުޅިއަކާއެކު ފުލުސްމީހަކު ހައްޔަރުކޮށްފައިވަނީ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން އިއްޔެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހައްޔަރުކުރި ފުލުސް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާކަމަށެވެ. ނަމަވެސް އޭނާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ބަނގުރާ ފުޅިއަކާއެކު ފުލުހެއް ހައްޔަރުކުރި ކަމަށް ބުނި ނަމަވެސް، އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން