ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ކޮރަޕްޝަނާއި ދުރުވެ އަދުލުވެރިކަމާއިއެކު މަސައްކަތް ކުރުމަށް އަދާލާތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

އިމްރާން މިކަމަށް ގޮވާލެއްވީ އަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން ސަރުކާރުގައި ތިބެ ކުރާ ޚިދުމަތަކީ އަދުލުވެތި ރައްޔިތުންނަށް ފައިދާހުރި ޚިދުމަތަކަށް ވާންޖެހޭކަމަށާ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ ބޭފުޅުންނަކީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުން ދުރުވެ އަދުލުވެރިކަމާއިއެކު ޚިދުމަތްދޭ ބަޔަކަށް ވުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ.

"އަދާލަތު ޕާޓީ އަބަދުވެސް މަސައްކަތް ކުރަނީ ހައްގަށްޓަކައި، ހައްގު ޤާއިމް ކުރުމަށްޓަކައި، ދިވެހި ރާއްޖޭގައި އަދާލަތު ޕާޓީން ކުރެވޭ މަސައްކަތްތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ވެގެންވާގޮތުގައި އިންސާފާއި ހަމަހަމަކަމުގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް އަބަދުމެ ހައްގު ގޮތުގައި މަސައްކަތް ކުރުން. އަދާލަތު ޕާޓީން އެބަޔަކާއިއެކު މަސައްކަތް ކުރާނީވެސް އަދި ވަކިވެގެންދާނީވެސް ހައްގު މަގުގައި ތިބެކަން ކަށަވަރުކުރުމަކީ އަދާލަތު ޕާޓީން އަބަދުވެސް ހިފަހައްޓަންޖެހޭ ހަމަތަކާއި އަމާޒު.'" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަދާތު ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ އިސްލާމީ ވަހުދަތު ގާއިމްކޮށް، ރައްޔިތުންގެ މެދުގައި އަދުލުވެރިމަގުން ކަންކަން ކުރެވޭނެ މަގު ފަހިކޮށް ދިނުމަށްކަމަށެވެ. އަދާލަތުން ކޮންމެ ސަރުކާރަކާއިއެކުގައި މަސައްކަތް ކުރި ނަމަވެސް ކުރާނީ ހައްގުގެ މަގުގައި ސާބިތުވެ ތިބެކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް މަލާމަތްކޮށް ހަޖޫޖަހައި ކުޑައިމީސް ބަސްތައް ބުނެފައިވާ ރިޕޯޓެއް، ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންއިން ނެރެފައިވާއިރު އެ ޖަމިއްޔާގެ މެންބަރުންނާމެދު ފިޔަވަޅު އެޅުމަށް ފަސްޖެހުމުގެ އިތުރުން އެކަމާއި ދެކޮޅަށް ބަހެއް ވިދާޅުވުމަށް ކެރިވަޑައި ނުގެން ހޯމް މިނިސްޓަރުކަމުގައި އިމްރާން ދެމިހުންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުން އިމްރާނަށް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ފަހުން އެ ރިޕޯޓުގެ ބައިތައް ނަކަލުކޮށް އެހެން ރިޕޯޓެއް އެކުލަވާލައިގެން ދިވެހި އެހެން ޖަމިއްޔާއަކުން އަލިފުދާލުގައި ވަނީ އެރިޕޯޓް ތަމްސީލުކޮށް ރާއްޖޭގެ ގާނޫނު ތަކުން ލިބިނުދޭ ހައްގުތަކެއް ހޯދައިދިނުމަށް އެދި ވަކާލާތުކޮށްފައެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގައި ވަނީ 70 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް އެކުލަވާލައި ތިން ނާއިބް ރައީސުން އިންތިޚާބު ކޮށްފައެވެ. އަދި އަންހެނުންގެ މަޖިލީހާއި، ޒުވާނުންގެ މަޖިލިސްވެސް ވަނީ އިންތިޚާބު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ހައްވަ

15-Mar-2021

ނަސޯރާ އިންނާ ޔަހޫދީން ގެ މަދުން ނަސްރު އެދި ގޮވަމުންދާ އިމްރާނު ޢަބުاالله ގެ އަދާލަތު ޕާޓީއަކަށް ކާކުތޯ ތާއިދު ކުރަނީ،؟ ލާދީނަށް މައުމޫނު ވަނުމުން އޭނާވެސް އެހުރީ ބާކީވެފަ. މަކަރުވެރިން الله فضيحة ކުރައްވައި ނިކަމެތި ކުރައްވާނެ.



ޓްރެންޑިން