ޤާނޫނު އަސާސީއާއި، ޚިލާފަަށް އެތައްކަމެއް އަދި އެތައް އަމަލެއް ހިންގަމުންދާއިރު ޤާނޫނު އަސާސީއޭ ކިޔައިގެން ހިންދީ ފިލްމު ކުޅުން ހުއްޓާލުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ގޮވާލައްވައިފިއެވެ.

ޑރ އަބްދުﷲ ދީދީ މިކަމަށް ގޮވާލެއްވީ ކޯޓުތަކުން މިހާރު ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމްކުރެވި، އަދުލުއިންސާފު ޤާއިމްކުރުމަށް އޮތް ހުރިހާ މަގެއް ހުޅުވިފައިވާކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުންނެވެ.

އޭޖީ ވިދާޅުވީ އޭރުގެ ހާލަތު ހުރިގޮތުން މިއަދުވެސް ލަދުވެތިވާކަމަށެވެ. އޭރު ކޯޓުތަކުން ވަކީލުންނަށް ލިބިދޭންޖެހޭ އެތަކެއް ހައްގެއް ނިގުޅައިގެން ޝަރުއީ ނިޒާމުގެ މަފްހޫމުތަކާއި، ޚިލާފަށް ހިންގަމުންދިޔަ ހުރިހާ ކަމެއް މިއަދު ބަދަލުކުރެވި ހައްގުތައް އަލުން އިޔާދަކޮށްދެވިފައިވާ ކަމަށެވެ. އަދި މިއަދު ކޯޓުތަކުން މިނިވަންކަމާއި، ހާމަކަން ބޮޑު ކަމާއިއެކު ޝަރީއަތް ކުރުމުގެ ފުރުސަތުލިބި ހަމަހަމަ ކަމާއިއެކު އިންސާފު ގާއިމްކުރުމުގެ ފުރުސަތު ތަނަވަސް ވެފައިވާކަމަށެވެ. އަދި ކުރިން ގެއްލުނު އިތުބާާރާއި ޔަގީންކަން މިއަދު އަލުން ލިބިގެންދިއުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ އެންމެބޮޑު ހިތްހަމަޖެހުންކަމަށް އޭޖީ ވިދާޅުވިއެވެ.

ޑރ.އަބްދުﷲ ދީދީ ވިދާޅުވީ ޤާނޫނު އަސާސީގައި ވަކިގޮތަކަށް ކަންކަން ބަޔާންކޮށްފައި ވަނިކޮށް ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ޚިލާފަށް ސިސްޓަމެޓިކްކޮށް އަމަލުކުރަމުންދާ ބަޔަކު އިތުރުވާހަކަ ދެއްކުމަކީ ވަރަށް ލަދުވެތި ކަމެއްކަމަށާ ޤާނޫޫނުއަސާސީ އާއި ޤާނޫނުއަސާސީން ޤާއިމުކޮށްފައިވާ ޕްރިންސިޕަލްތަކާ ޚިލާފަށް ސިސްޓަމެޓިކްކޮށް ޢަމަލުކުރަމުންދާ ބަޔަކު ޤާނޫނުއަސާސީއޭ ކިޔައިގެން ހިންދީ ފިލްމު ކުޅުން ހުއްޓާލަންވެއްޖެ ކަމަށެވެ.

އެމްޑީޕީން ވެރިކަމަށް އައުމަށާއި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ބޮޑަށް ވިއްކި އެއްވާހަކައަކީ އިންސާފު ގާއިމު ކުރުމުގެ ވާހަކައެވެ. މިކަމަށްޓަކާ މިނިވަން ފަނޑިޔާރުގެއަކާއި ފަނޑިޔާރުގޭގެ ކަންކަން ބެލެހެއްޓުމަށް މިނިވަން ޖުޑިޝަލް ސާވިސް ކޮމިޝަނެއް އެކުލަވާލުން ހިމެނެއެވެ. މިކަމަށްޓަކައި ޖޭއެސްސީގެ ކޮމްޕޮޝިޝަން ނުވަތަ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ވަނީ ވަޢުދުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް އެކަން ކޮށްފައި ނުވާތީ ކުރީގެ ފަނޑިޔާރުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

މީނާ

29-Mar-2021

ކަލެއަކީ އަޅުގަޑު ދުށް އެންމެނުބައި ފަޑަޔާރު



ޓްރެންޑިން