ކޯވިޑުގައި މިސަރުކާރުން ކުރި ވައްކަންތައް ފިސާރި ގަދައަށް އެބަ ވިދަމުންދާ ކަމަށް ވިދާޅުވެ، ޑރ. މުހައްމަދު ޖަމީލު އަހުމަދު އެމްޑީޕީއަށް ހޫނު ހަމަލާއެއް ދެއްވައިފިއެވެ.

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު މިހެން ވިދާޅުވީ، ރައީސް ނަޝީދާއި ނާއިބު ރައީސް ފައިސަލް ނަސީމް އެއްކޮށް އިންނެވި ފޮޓޯއެއް ހިއްސާކުރައްވަމުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި ނާއިބު ރައީސް ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީއާއެކުކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވައި ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ޕާޓީއަކަށްވުމުން އިތުރު ބަޔަކު ބޭނުންނުވާ ކަމަށް ދަޢުވާކުރާއިރު، އިންތީޚާބު ބޯމަތިވުމުން ސީޒަނަށް އެކަނި ބޭނުންހިފާ މާ ވެސް ޖަވާހިރަށްވާކަމަށެވެ. އަދި ދަރަނި އިތުރުކޮށް، ޒުވާނުން މަގުމަތިކޮށް، ކޮވިޑުގައި ކުރި ވައްކަންތައް ފިސާރި ގަދަޔަށް އެބަވިދާކަމަށާއި ހާސްވެފައިވާ މިންވަރުވެސް އެބަ ފެންނަކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.



ނާއިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއާއެކު ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ފައިސަލް ނަސިމްވެސް ވަނީ އެކަމަށް ބާރު ލިބޭގޮތަށް ވާހަކަފުޅުދައްކަވާފައެވެ. ނައިބް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއި ބައްދަލުކޮށްލައްވައި، ހިޔާލު ބަދަލުކޮށްލެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއްކަމަށެވެ. އަދި ލޯކަލް ކައުންސިލް ކެމްޕެއިން ގައުމީވަންތަ އަދި ރައްކާތެރި ރޫހެއްގައި ކުރިއަށްގޮސް، އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. ނާއިބް ރައީސްގެ ޓްވީޓްގައި "ފަތިސް" ބޭނުން ކުރަށްވާފައި ވާއިރު އެމްޑީޕީގެ ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދަނީ "ރަށްވެހި ފަތިސް" ގެ ނަމުގައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމަކީ ގާސިމް އިބްރާހީމްގެ ލީޑަރޝިޕްގައި ހިންގާ ޖުމްހޫރީ ޕާޓީގެ ތެރެއިން ގާސިމްގެ ތާއީދާއެކު އެޕާޓީގެ ސްލޮޓެއްގައި ނާއިބް ރައީސް ކަމުގެ މަގާމު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް މިފަދަ ކޮންމެ އިންތިހާބެއްގެ ކެމްޕޭންގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ފައިސަލް ނަސީމު މަސައްކަތް ކުރަށްވަމުން ގެންދަވާކަން ވަނީ ފާހަގަ ކުރެވިފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފައިސަލް ނަސީމު އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިޚާބުތަކުގައި ތާއީދު ކުރަށްވަނީ މަގާމު ގެއްލިދާނެ ކަމުގެ ބިރަށެވެ.


ކިޔުންތެރިންގެ ހިޔާލު


-9

މުހައްމަދު އަސްލު

15-Mar-2021

އެހާ ކަަރީގަ އުޅުއްވާ ބޭފުޅެއް ކުރެއްވި ކަމެއްވީމަ ވަރަށް ރީތިކޮއް ފެންނާނެ,



ޓްރެންޑިން