ޑރ. މުޙައްމަދު މުއިއްޒުގެ ތައުލީމާއި ތަޖުރިބާ އެހެން ކެންޑިޑޭޓުންނާއި އަޅާބަލާއިރު އުޅެނީ މާ އުހުގައިކަމަށް ވިދާޅުވެ، ކުރީގެ މިނިސްޓަރ މަލީހު، ޑރ. މުޢިއްޒަށް ވަރަށް ބޮޑަށް ތާޢީދުކުރައްވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާ، މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ވެރިކަން އެމްޑީޕީން ކުރާތާ 10 އަހަރު ވެއްޖެކަމަށެވެ. އެގޮތުން ފުރަތަމަ ދައުރު ކުރިކަމަކީ މަގުމަތީ ކުނާ އަޅައިގެން މީހުންގެ ގޯތި ނެގުންކަމަށް މަލީހު ވިދާޅުވިއެވެ. އަދި ދެވަނަ ދައުރުގައި ކުރިކަމަކީ ސިޓީ ކައުންސިލް ތެރޭގައި ޖަލްސާ ބޭއްވުންކަމަށާއި މިހިނގާ 3 ވަނަ ދައުރު އެއްވެސް ކަމެއް ނުކުރާކަމަށް މަލީހު ވިދާޅުވިއެވެ.



"ޑރ. މުޢިއްޒުގެ ތައުލީމާއި ތަޖުރިބާ މާ އުހުގައި." މަލީހު ވިދާޅުވިއެވެ.



އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލެ ސިޓީގެ ކައުންސިލަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒަށް މަލީހު ތާއީދުކުރަން ނިންމާފައިވާއިރު، އެމްޑީޕީ ބަލިކުރަން އިދިކޮޅު ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނޭކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެގޮތުން އިދިކޮޅުގެ ޖަލްސާތަކުގައިވެސް އޭނާ އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

އެމްޑީޕީ އިސްވެ އޮވެ ހިންގަމުން އަންނަ ކޯލިޝަން ސަރުކާރުގެ ވަޒީރު ކަމުން މަލީހު ވަކި ކުރި ވަގުތުން ފެށިގެން އޭނާ އަންނަނީ އެމްޑީޕީއަށާއި ސަރުކާރުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މަލީހު މުޢިއްޒަށް ތާއީދު ކުރަށްވައި މުޢިއްޒުގެ ގާބިލުކަމުގެ ވާހަކަ ދެއްކެވި ނަމަވެސް އެމްޑީޕީން ބުނަމުން ދަނީ އެޕާޓީން މާލޭ މޭޔަރުކަމަށް ވާދަކުރަށްވާ އަނަސް އަބްދުއްސައްތާރަކީ އެމަގާމަށް މާ ގާބިލު ބޭފުޅެއް ކަމަށެވެ. އަދި މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި ހަތް އަހަރު ވޭތުކުރެއްވިއިރު މާލެ ހަލާކު ކުރުން ނޫން ކަމެއް ނުކުރާ ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ. އަދި އެމްޑީޕީން ސިފަކުރާ ގޮތުގައި މުޢިއްޒަކީ ފްލެޓާއި ގޯތި ދޭނަމޭ ބުނެ މާލޭ މީހުން ގަނަތެޅުވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަންހެން މަލިން

19-Mar-2021

14 ބުރިޔަށް ގެ ހިއްލާލީމަ, އޭނަގެ ގެވެސް އުޅެނީ މާއުހުގައި. ވައްކަންވެސް މާއުހުގައި. މެޑަމް ބުނެގެން ހުރިހާ ފްލެޓެއް ކާލީވެސް ވަރަށް އަވަހަށް...މާލެ ނުވެސް އަންނަ މީހުންނަށް ދިނީ ކޮރަޕްޓް އިންތިހާއަށް ވީމާ. ދެން ސަލާން....ތީ ކަމުދާމީހެއްނޫން....އިންޝާﷲ ނުހޮވޭނެ އިތުރަށް ވައްކަން ކުރަން..


-14

ސަޢީދު

15-Mar-2021

ކަލޯމަލީހު ތިބުނާމުއީޒުމެންގެވެރިކަމު މާލެ ކައުންސިލްއޮތީހިސާރުކޮށްފަކަންކަލެޔައްނޭގުނަސްމާލޭރައްޔިތުންނައިނގޭ


5

އުސްމާން

15-Mar-2021

މަލީހުދެން ގރ ބޮއ


0

ޖަމީލް

15-Mar-2021

ހަމައެގޮތައް ވައްކަމާ ކޮރަޕްޝަންވެސް ދެއްތޯ



ޓްރެންޑިން