މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެކޮމިޝަންގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ އެކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލާފައިވާއިރު، މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ތެރެއިން މަޤާމުގެ މުއްދަތު ހަމަވަނީ އެކޮމިޝަނުގެ މެމްބަރު އާމިނަތު ސަރާޙަތު ޢިއްޒަތުގެ މަޤާމުގެ ދައުރެވެ. އާމިނަތު ސަރާޙަތު ޢިއްޒަތު ފަސް އަހަރުގެ ދައުރަކަށް ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވީ 5 އޭޕްރީލް 2016 ގައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން