މާލޭގެ ކެފޭއެއް
މާލޭގެ ކެފޭއެއް
ގައިޑްލައިންގެ ސަބަބުން ވިޔަފާރިތަަކަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަޢީދެވެ.

ސަޢީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި މާލެ ސަރަޙައްދާއި ވަކިން ޚާއްޞަކޮށް މާލޭގައި ވިޔަފާރިކުރާ އެތައް ފަރާތެއް ގޮތްހުސްވެފައިވާކަމަށެވެ. އަދި ކެފޭ ރެސްޓޯރަންޓާއި ކުދި ވިޔަފާރިތަކުގެ ގޮތުގައި ޙަރަކާތްތެރިވާ ފިހާރަތަކުގެ އިތުރަށް، ޓެކްސީ، ޕިކަޕް އަދި އެއްގަމު ދަތުރުފަތުރުގެ ޚިދްމަތްދޭ ފަރާތްތަކާއި، ކަނޑު ދަތުރުފަތުރުތަކާއި، މުދާ އުފުލާ ފަރާތްތަކުގެ އިތުރަށް، މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ޚިދުމަތުގައި ހިމެނޭ ލޮޖިސްޓިކްސް ޚިދުމަތާއި، މަޖޫރީންގެ ޚިދުމަތާއި، އެ ޚިދުމަތްތަކާ ގުޅިފައިވާ އެތައް ވިޔަފާރިތައް ހީނަރުވެ ނެތެމުންދާކަމަށް ސައީދުގެ މައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައިކަމަށް ސަޢީދު ވިދާޅުވިއެވެ.



ކޯވިޑާއި ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރި ބަޔަކަށް ކެފޭ/ ރެސްޓޯރަންޓް ވިޔަފާރިތައް ހިންގާ ފަރާތްތައްވެފައިވާއިރު، އެފަރާތްތަކަށް އިއާދަނުކުރޭވަރުގެ ގެއްލުންތައް ލިބެމުންދާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަމުގައި އެހީތެރިވުމަށް ތަކުރާރުކޮށް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކެފޭ/ ރެސްޓޯރަންޓް ވިޔަފާރިތައް ބަނގުރޫޓްވަމުންދާއިރު، ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މި ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި އިއުލާންކުރި ލޮކްޑައުންއާ ހިސާބުން ފެށިގެން ކެފޭ/ ރެސްޓޯރަންޓްތަކަށް ގެއްލުންވަމުން ދާކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ ބައެއްގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން