ސަރުކާރުން ތ. ވިލުފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓް ތަރައްޤީކުރަން 6 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެ.

އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ތ. އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ ތ. އަތޮޅު ވިލުފުށީގައި އެއަރޕޯޓެއް ތަރައްޤީކުރައްވާނެކަމަށެވެ. އަދި މިހާތަނަށް 6 ފަރާތަކުން އެއަޕޯޓުގެ ތަރައްޤީކުުރުމުގެ މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މިހާރު ކުރިއަށްދަނީ ޝައުޤުވެރިކަން ފާޅުކުރި ފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތްކަމަށެވެ.

ވިލުފުށި އެއަރޕޯޓްގެ އިތުރުން ސަރުކާރުން ދަނީ އިތުރު 3 އެއަރޕޯޓެއް ތަރައްޤީކުރާނެ ފަރާތްތައް ހޯދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތ. ވިލުފުށީގެ އިތުރުން ބ. ތުޅާދޫއާއި ށ. ބިލަތްފައްސާއި ހދ. މަކުނުދުއެވެ. މީގެއިތުރުން މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު ފަރެސްމާތޮޑާ އެއަޕޯޓް ނިންމުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރިއަށެވެ. އަދި ރ. އަތޮޅުގައި އިތުރު އެއަޕޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން