އުތުރު ތިލަފަޅު އެއްބަސްވުމުގައި އިންޑިއާއެކު ސޮއިކުރަނީ
އުތުރު ތިލަފަޅު އެއްބަސްވުމުގައި އިންޑިއާއެކު ސޮއިކުރަނީ
އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި އޮތީ އިންޑިއާ ކަނޑުގެ ލަޝްކަރު ހަތިޔާރާއެކު އެތަނުގައި ތިބެވޭ ގޮތަށް ކަމަށް އެއްބަސްވުން ލީކް ކޮށްލި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅު އުތުރުތިލަފަޅުގައި ހިއްކައިގެން ހަދަން ފަށާފައިވާ ސިފައިންގެ މަރުކަޒުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއިއެކު ހަދާފައިވާ ކަމަށް ބުނާ އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީއެއް އުމަރު ނަސީރު ވަނީ އޭނާގެ ފޭސް ބުކް ޕޭޖްގައި ލީކް ކޮށްލައްވައިފިއެވެ.

މިއެއްބަސްވުން ލީކް ކޮށްލައްވަމުން އުމަރު ވަނީ ކޮންމެ ރައްޔިތަކުވެސް މި އެގްރިމެންޓް ކިޔާލުމަށް އެދިވަޑައިގެންފައެވެ. އުމަރު ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައި ހަދަނީ އިންޑިއާގެ ކަނޑުގެ ލަޝްކަރު ހަތިޔާރާއެކު ތިބެވޭ އިމިގްރޭޝަން ޤާނޫނު ތަކުން އިސްތިސްނާވާ ތަނެއްކަން މި އެގްރިމެންޓުން ވަރަށް ސާފު ކަމަށެވެ.

"މިއީ ދިވެހި ދައުލަތަށް ގައްދާރުވުން. މި ޤައުމުގެ އަމިއްލަ ވަންތަކަން ނަގާލުން." އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިއުލާން ކުރަށްވާފައިވާ އުމަރު ވިދާޅުވެފައި ވެއެވެ.

އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި މިއީ އުތުރުތިލަފަޅު ތަރައްޤީކޮށް އަދި ބަލަހައްޓަން އިންޑިއާއާއި އެކު ވެފައިވާ އެއްބަސްވުމެކެވެ. އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި އުތުރު ތިލަފަޅުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ އާއި ދިވެހި ސިފައިން އެކުވެގެން އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީންނެވެ. އެއްބަސްވުން ބުނާ ގޮތުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ.

މީގެ އިތުރުން އުތުރުތިލަފަޅުގައި މަސައްކަތެއް ކުރަން ކޮންޓެކްޓަރުން ހަމަޖައްސާނީ ވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބުނެއެވެ.

އުމަރު ލީކް ކޮށްލައްވާފައިވާ މިއެއްބަސްވުމާއި ބެހޭގޮތުން އެމްއެންޑީއެފްގެ ފަރާތުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އެމްއެންޑީއެފުން މީގެކުރިން ބުނެފައިވަނީ މިއީ އިންޑިއާ ސިފައިން ތިބެން ހަދާ ތަނެއް ނޫން ކަމަށާއި މިއީ ދިވެހި ސިފައިން ބޭނުން ކުރުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރާ ތަނެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

ސައިފް އަލީ

19-Mar-2021

ދައުލަތުގެ ސިއްރު ލިޔެކިއުމެއް ވަގައް ނެގިކަމުގެ ދިޣުވާ އުމަރު ގެމައްޗަ އުފުލަން ޖެހޭނެ



ޓްރެންޑިން