އެމްއެފްޑީއޭގެ ޑިރެކްޓަރ ޖެނެރަލް، އައިޝަތު މުހައްމަދު.
އެމްއެފްޑީއޭގެ ޑިރެކްޓަރ ޖެނެރަލް، އައިޝަތު މުހައްމަދު.
ޔޫރަޕުގެ ގައުމުތަކުގައި ކޮވިޑުން ދިފާޢު ވުމަށް ތައްުޔާރު ކޮށްފައިވާ ކޮވިޝީލްޑު ވެކްސިން ބޭނުން ކުރުން ހުއްޓާލިޔަސް ރާއްޖެއިން މިވެކްސިން ބޭނުން ކުރުން ހުއްޓާނުލާނެ ކަމަށް އެޗްއީއޯސީއިން ހާމަކޮށްފިއެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންދިނުމުގައި ބޭނުންކުރެވޭ ވެކްސިންތަކާއި، އެވެކްސިންތަކަށްދެވޭ ހުއްދަތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން މިއަދު އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫރަޕުގެ ގައުމުތަކުގައި ކޮވިޝީލްޑު ބޭނުން ކުރުން ހުއްޓާލިޔަސް ރާއްޖެއިން މިވެކްސިން ބޭނުން ކުރުން ހުއްޓާނުލާނެ ކަމަށް އެޗްއީއޯސީއިން ހާމަކޮށްފައިވަނީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްއެފްޑީއޭގެ ޑިރެކްޓަރ ޖެނެރަލް، އައިޝަތު މުހައްމަދު ވިދާޅުވީ ޔޫރަޕުގެ ބައެއް ގައުމުތަކުގައި ކޮވިޝީލްޑު ނުވަތަ އެސްޓްރަރޒެނެކާގެ ވެކްސިން ބޭނުން ކުރުން ހުއްޓާލުމާއެކު ރާއްޖޭގައިވެސް މިކަމާއި ބެހޭގޮތުން ދިރާސާ ކުރެވެމުންދާކަމަށެވެ. އަދި މިވެކްސިން ހުއްޓާނުލައިކުރިއަށް ދަނީ ޑަބްލިއުއެޗްއޯ އަދި އީޔޫގެ ރިކޮމެންޑޭޝަންތަކާއެކު ކަމަށްވެސް އައިޝަތު މުހައްމަދު ވިދާޅުވިއެވެ. މިގޮތުން ކުރެވޭ ދިރާސާ އިން ވެކްސިނުގެ ރިސްކްބެނެފިޓަކީ ކޮބައިކަން ދެނެގަނެ ފައިދާ ބޮޑު ގޮތަކަށް ކުރިއަށްދާނެކަމަށް އައިޝަތު މުހައްމަދު ވިދާޅުވިއެވެ.



"ޔޫރަޕުގެ ބައެއް ގައުމުތަކުގައި ކޮވިޝީލްޑު ނުވަތަ އެސްޓްރަރޒެނެކާ ބޭނުން ކުރުން ހުއްޓާލުމާއެކު، އެހެން ރެގިއުލޭޓަރީ އޮތޯރިޓީޒް ތަކާއެކު ރާއްޖޭގައިވެސް މިކަން ދިރާސާ ކުރެވެމުންދޭ. ޑަބްލިއުއެޗްއޯގެ ރެކޮމެންޑޭޝަނާއި އެކީގައި އަދި ހަމަ ކުރިއަށްދަނީ. އެބަ ބަލަންޖެހޭ މީގެން ރިސްކްބެނެފިޓަކީ ކޮބައިތޯ. މީގެން ރިސްކަކީ އަދި ބެނެފިޓަކީ ކޮބައިތޯ. އޭގެން ބެނެފިޓް ބޮޑިއްޔާމުން އެޔާ އެއްގޮތަށް އަޅުގަނޑުމެން ކުރިއަށް މިދަނީ. އެކަމަކު އިތުރު ބެލުންތައް ބަލައި، ރިސްކު ބޮޑުވެއްޖިއްޔާ ރިވިއުއަކަށް ދާނެ." އެމްއެފްޑީއޭގެ ޑިރެކްޓަރ ޖެނެރަލް، އައިޝަތު މުހައްމަދު ވިދާޅުވިއެވެ.

އެސްޓްރަރޒެނެކާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ކަނޑައަޅާފައިވާއިރު، މިވެކްސިން ބޭނުން ކުރުމުން ލޭ ގަނޑުވާ ކަމަށް ނުވަތަ ބްލަޑް ކްލޮޓްވާ ކަމަށް ބުނެ ބައެއް ގައުމުތަކުގައި މިވެކްސިން ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. މީގެ ތެރޭގައި ޔޫރަޕުގެ ބައެެއް ގައުމުތަކާއި، ތައިލެންޑުވެސް ހިމެނެއެވެ. ނަމަވެސް ލޭ ގަނޑުވުމާއި އެސްޓްރަރޒެނެކާ ވެކްސިނާއި ގުޅުމެއް ނެތްކަމަށާއި މިއީ ރައްކާތެރިވެކްސިނެއްކަމަށް ޑަބްލިއުއެޗްެއޯއިން ވަނީ ބުނެފައެވެ. މިހެން ކަމުން މިވެކްސިން ބޭނުންކުރުން ހުއްޓާލުމުގެ އެއްވެސް ސަބަބެއް ނެތް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

މީގެއިތުރުން، ކޮވިޑު ބަލިން ރައްކާތެރިވުމަށް މިވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މިވަގުތު އޮތް އެންމެ ރަނގަޅު އެހީތެރިޔަކީ ވެކްސިން ކަމަށް ވުމުން ވެކްސިން ޖެހުން ހުއްޓާނުލުމަށް ޑަބްލިއުއެޗްެއޯއިން ދަނީ އިލްތިމާސްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޚިތިތާކު

20-Mar-2021

ތިއާސްތު މުހައްމަދަކީ ރައީސް ނަޝީދުއަށް ސަޕޯރޓް ކުރަން ޕްލެކާޑް ހިފައިގެން މުޒާހަރާ ކުރަން ނިކުތް ޕޮލިޓިކަލް އެކްޓިވުސްޓެއް. އެހެންވީމަ ދައްކާނީ ތިކަހަލަ ވާހަކަ.


4

މުލް

19-Mar-2021

ހުއްޓާނުލާނެތާ ދޯ. ޔޫރަޕަށްވުރެ ކުރިއަރާ އޮތީ ރާއްޖެވީމަ. އިހަކަށްދުވަހުވިއްޔާ 22 ހަފްތާގެ ކުއްޖަކު ލާނެ މެޝިން ގަނޑެއް ނެތި ކުއްޖާ މަރުވަންދެން ބާއްވާފަ އޮތީވެސް. އެހެންވީމަ ވަރަށް ކުރީގަ މިއުޅެވެނީ


10

މުޑޭ

19-Mar-2021

ދުނޔޭގެ ތަހުޒީބް ވެފައިވާ ބައެއް ގައުމުތަކުން މިވެކްސިން ޖެހުން ހުއްޓާލޮރު ރާއްޖޭގައި މިވެކްސިން ޖަހަން ޑަބްލިޔު.އެޗް.އޯއިން އިލްތަމާސް ކުރީކީއްވެތޯއެވެ. ރިސްވަތު



ޓްރެންޑިން