އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްކަމަށް ބުނެ މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ލިޔުންތަކެއްކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް ގާއިމްކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުން ކަމަށް ބުނާ އެއްބަސްވުމެއްގެ ކޮޕީއެއް ލީކުވެ، ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންދާ ދާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މީޑިއާގައި ފަތުރަނީ ދޮގު މައުލޫމާތު ތަކެއްކަމަށާއި، އެފަދަ މައުލޫމާތުތައް ފެތުރުމުގައި ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ރާއްޖެއާ އަވަށްޓެރި ގައުމުތަކުގެ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ގޮތަކަށް، އަދި ރައްޔިތުންގެ މަސްލަހަތު ގެއްލި، ހަމަނުޖެހުން އުފެދޭ ފޮތަކަށް އެއްވެސް ފަރާތަކުން ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.



އުތުރު ތިލަފަޅު އެއްބަސްވުން ނުވަތަ ޔޫޓީއެފް އެއްބަސްވުމާއި ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން މިދަނީ، އެ އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ބުނެ މީސް މީޑިއާގައި ލީކު ކޮށްލާފައިވާ ލިއުމަކާއި ގުޅިގެނެވެ. އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ބުނެ ލީކްކޮށްލާފައިވާ އެއްބަސްވުމުގައި ވާގޮތުން އިންޑިއާއި ސިފައިންނާއި، މަނަވަރުތަކާއި މަތިންދާބޯޓުތަކަށް 60 ވަރަކަށް އަހަރަށް އެތަން ބޭނުންކުރެވޭނެއެވެ. ނަމަވެސް އެމްއެންޑީއެފުން މީގެކުރިން ވަނީ އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ހަރަކާތްތެރިނުވާނެކަމަށް ބުނެފައެވެ. އެއްބަސްވުން ލީކުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އެކަންކުރި މީހުންނަކީ ޣައްދާރުންކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ވެއްޔާއި މޮޑެލުންކަމަށާއި، މިކަމާއި ދެކޮޅަށް ރައްޔިތުން ތެދުވާންޖެހޭކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


6

މުހަންމަދު

19-Mar-2021

އެއީތެދުއެގުރިމެންޓެއްނަމަ.އެއެގުރިމެންޓް.ވަގްތުންވަގްތައްހުއްޓާލަންޖެހޭ.


15

ޙާމީ

19-Mar-2021

ކަމަނާ ތިޔަ ވިދާޅުވީ ފޭކް ވާހަކައެއް. ދެން ވާނޫވެސް އެހެން. މީހާ މުސްކުޅިބެ ލޯބޯ ކޮށިވީމަ ކިޔޭނީ ދެފޮޅުވަތުން އެއް ފޮޅުވަތް



ޓްރެންޑިން