މިއަދުގެ ނޫސްވެރިންގެ ބައްފަލުވުމުގެ ތެރެއިން.
މިއަދުގެ ނޫސްވެރިންގެ ބައްފަލުވުމުގެ ތެރެއިން.
ކޮވިޑުން ރައްކާތެރިވުމަށް ފައިޒާ ކުންފުނި އަދި ސައިނޮފަރމް ކުންފުނިން ތައްޔާރުކޮށްފައިވާ ދެވެކްސިން ބޭނުން ކުރުމަށް ރާއްޖޭގައި ހުއްދަދީފިއެވެ.

މިދެވެކްސިން ބޭނުން ކުރުމަށް ހުއްދަދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިންނެވެ. އަދި މިދެ ވެކްސިން ބޭނުން ކުރާނީ ކޮވިޝީލްޑެކޭ އެއްފަދައިން ކުއްލި ހާލަތުގައި ނުވަތަ އެމަރޖެންސީ ޔޫސް ގެގޮތުގައެވެ.

މިދެވެކްސިން ބޭނުންކުރުމަށް ރާއްޖޭގައި ހުއްދަދީފައިވަނީ ބަލަންޖެހޭކަންކަމަށް ބަލައި، އެމްއެފްޑީއޭގެ ގަވާއިދުތަކާއި އެއްގޮތަށްކަމަށް އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އައިޝަތު މުހައްމަދު ވިދާޅުވިއެވެ.

ޗައިނާގެ ސިނޮފަރމް ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި ވެކްސިން އުފެއްދުމުގައި ހަވަނައިގައި ގުނާލެވޭ ކުންފުންޏެކެވެ. އަދި މިކުންފުނިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން މެނުފެކްޗަރ ކުރަމުން ދަނީ ބެއިޖީން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް ކިޔާ ކުންފުންޏަކުންކަމަށް އައިޝަތު މުހައްމަދު ވިދާޅުވިއެވެ. މިވެކްސިން ވަރަށް އަވަހަށް ޑަބްލިޔުއެޗްއޯގެ އީޔޫއެލް ނުވަތަ ކުއްލި ހާލަތުގައި ބޭނުން ކުރަން ހުއްދަދެވޭ ލިސްޓަށް އަރާނެކަމަށްވެސް އައިޝަތު މުހައްމަދު ވިދާޅުވިއެވެ.

ސިނޮފާރމް ވެކްސިން ބޭނުން ކުރެވޭނީ އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރުފުރާއަށެވެ. އަދި 60 އަހަރުން މަތީގެ ފަރާތްތަކަށް މިވެކްސިން ދޭން ނިންމާފައި ނުވަނީ އެއުމުރުފުރާގެ މީހުން ބޭނުންކޮށް ހެދިފައިވާ ތަހުލީލުތައް މަދުކަމުން ކަމަށް އައިޝަތު މުހައްމަދު ވިދާޅުވިއެވެ.

މީގެއިތުރުން، ފައިޒަރ ކުންފުނީގެ ވެކްސިނަކީ ޑަބްލިޔުއެޗްއޯގެ އީޔޫއެލް ނުވަތަ ކުއްލި ހާލަތުގައި ބޭނުން ކުރަން ހުއްދަދެވޭ ލިސްޓަށް އެރި ފުރަތަމަ ކޮވިޑް-19 ވެކްސިންކަމާއި، މިވެކްސިން 70 ގައުމެއްގައި މިހާރު ބޭނުން ކުރެވެމުންދާކަމަށް އައިޝަތު މުހައްމަދު ފާހަގަކުރެއްވިއެވެ.

ސިނޮފަރމް ކުންފުނީގެ ވެކްސިނުގެ ދެވަނަ ޑޯޒު ފުރިހަމަ ކުރާނީ ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަ ކުރާތާ ދެ ހަފްތާއާއި ހަތަރު ހަފްތާއާއި ދެެމެދުގަވެ. އަދި ފައިޒަރ ކުންފުނީގެ ވެކްސިނުގެ ދެވަނަ ޑޯޒު ފުރިހަމަ ކުރާނީ އެވެކްސިނުގެ ފުރަތަމަ ޑޯޒު ޖަހާތާ ހަތަރު ހަފްތާއާއި ހަހަފްތާއާއި ދެމެދުގައެވެ. މިދެވެކްސިންގެ ދެޑޯޒު ޖެހުމުގައި ކަނޑައަޅާފައިވާ މުއްދަތައް ބަދަލު އައުމަކީ އެކަށީގެންވާކަމެއް ކަމަށް އައިޝަތު މުހައްމަދު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ސިނޮފަރމް ކުންފުނީގެ ވެކްސިނުގެ ދެލައްކަ ޑޯޒު ހަދިޔާ ކުރުމަށް ޗައިނާއިން ޕްލެޖް ކޮށްފައިވާއިރު، ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިނުގެ ތެރޭގައި ފައިޒަރ ކުންފުނީގެ ވެކްސިން ހިމެނޭ ކަމަށް އެޗްއީއޯސީއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން