އަސްކަރިއްޔާއާ ޙަވާލާދީ ދޮގު ޚަބަރު ފެތުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައި މިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ ލިޔުމެއް މީޑިއާތަކުން އާއްމުކުރުމާއި ގުޅިގެނެވެ. މިކަމާއި ގުޅިގެން މާރިޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާ ހަވާލާދީކަމަށް ބުނެ ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާގެ އަސްކަރިއްޔާއާއެކު އެއްބަސް ވެފައިވާ އެގްރީމެންޓްގެ ދެލި ކޮޕީއެއް ކަމަށް ބުނާ ލިއުމެއް މިއަދު މީސް މީޑިއާގައި ލީކް ކޮށްލާފައިވާ މައްސަލައަށް އިޝާރާތް ކުރަށްވައެވެ. ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ މިލިއުން އޭނާގެ ފޭސް ބުކް ޕޭޖުގައި ހިއްސާ ކުރަށްވާ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އޭގެ ފަހުން އުމަރު ވަނީ މިއީ ފޭކް އެއްޗެއްް ކަމަށްވާނަމަ އޭގެ އަސްލު ހާމަ ކުރުމަށް ގޮވާލައި ޗެލެންޖް ކުރަށްވާފައެވެ.





ޑިފެންސް މިނިސްޓްރީންވެސް މިއަދު ވަނީ ލީކުވެގެން އުޅޭ އެއްބަސްވުމާއި ގުޅޭގޮތުން ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން ޑިިފެންސުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މީޑިއާގައި ފަތުރަނީ ދޮގު މައުލޫމާތު ތަކެއްކަމަށާއި، އެފަދަ މައުލޫމާތުތައް ފެތުރުމުގައި ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ރާއްޖެއާ އަވަށްޓެރި ގައުމުތަކުގެ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ގޮތަކަށް، އަދި ރައްޔިތުންގެ މަސްލަހަތު ގެއްލި، ހަމަނުޖެހުން އުފެދޭ ގޮތަކަށް އެއްވެސް ފަރާތަކުން ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޒިޔާދު ބިން އުމަރު

17-Mar-2021

ތިޔަ ގޮތައް ދޮގު ކުރުމަކުން ގަބޫލެއް ނުކުރެވޭ.. އެގްރިމެންޓް ގެ އަސްލު ހާމަ ކޮއްދެއްވާ



ޓްރެންޑިން