އޯކިޑް މަގުގައި ހުންނަ ފަތަހަ ސްޓަރ ފިހާރަ ފަޅާލައިގެން އެތަނުން ވައްކަން ކޮށްފިއެވެ.

ފަތަހައިގެ ފަރާތުން "ރަސް އޮންލައިން" އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވާގޮތުގައި އޯކިޑް މަގުގައި ހުންނަ ފަތަހަ ސްޓަރ ފިހާރައިގެ ދޮރު ހަލާކު ކޮށްލައި ފިހާރައަށް ވަދެ ވައްކަން ކޮށްފައިވަނީ ރޭ ފަތިހު 3:55 ހާއިރުކަމަށެވެ. ފިހާރައިގެ ސީސީޓީވީ ބެލުމުން މިކަން ކުރުމުގައި ބައިވެރިވެފައިވަނީ ދެމީހަކު ކަމަށާއި ދެމީހުންގެ ތެރެއިން އެކަކު ފިހާރައިގެ ދޮރު ހަލާކު ކުރަމުން ދާއިރު، އަނެކަކު ފާރައަށް ހުންނަތަން ފެންނަކަމަށް ފަތަހަ ފިހާރައިގެ ފަރާތުން މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ނަމަވެސް ފިހާރަ ދޮރު ހަލާކު ކޮށްލައިގެން ފިހާރައަށް ވަދެފައި ހުރިކަން އެނގުނީ މިއަދު ހެނދުނު ފިހާރަ ހުޅުވަން އައި އިރު ކަމަށާއި، މިކަން އެނގުމުން ގާތްގަނޑަކަށް 09:06 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެކަމަށްވެސް ފަތަހަ ފިހާރައިން މައުލޫމާތު ދީފައިވެއެވެ.

ފިހާރައަށް ވަދެ ފިހާރައިގެ ވަތްގަނޑުގައި ހުރި ވަކިލާރިތަކުގެ ތެރެއިން ޖުމްލަ 700 ރުފިޔާ އާއި ފިހާރައިގެ ފޯނު ވަގަށް ނަގާފައިވާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ފިހާރައިން އިތުރު މުދަލެއް ވަގަށް ގެންގޮސްފައިވާ ކަމެއް އަދި ފާހަގަ ކުރެވިފައި ނުވާ ކަމަށާއި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފަތަހަ ސްޓަރ އިން މައުލޫމާތު ދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން