ފާމަސީ އެސޯސިއޭޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
ފާމަސީ އެސޯސިއޭޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
ދިވެހި ރައްޔިތުންނަށް އެންމެ އަގުހެޔޮ ބޭސް ކާން މަޖުބޫރު ނުކުރުމަށް މޯލްޑިވްސް ފާމަސޫޓިކަލް ހެލްތްކެއަރ ޑިސްޓްރިބިއުޝަން އެސޯސިއޭޝަނުން ގޮވާލައިފިއެވެ.

އެ އެސޯސިއޭޝަނުން މިކަމަށް ގޮވާލީ މޯލްޑިވްސް ފުޑް އެންޑް ދްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭ އިން ސަރުކާރުން ކަނޑައަޅާފައިވާ ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ރިވިއުކުރުމުން އެ ފުރުސަތުގެ ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް މާކެޓްގައި ހުރި އެންމެ އަގުދަށް ބޭސް ކާން ދިނުމަށް އާސަންދައިން ނިންމުމުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ބުނީ އެމް.އާރް.ޕީ އަކީ ރާއްޖެއަށް އާ އެއްެޗެއް ނޫން ކަމަށާ، މިޤަވާއިދަކީ 1980 ވަަނައަހަރު ރާއްޖެއަށް ބޭސް އެތެރެކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޤަވާއިދެއް ކަމަށެވެ. އަދި އެ ޤަވާއިދަށް ފަހުން ގެނެވުނު ބަދަލުތަކަކީ އާސަންދައިން، ދިވެހި ރައްޔިތުންނަށް މާކެޓްގައި ހުރި އެންމެ އަގުދަށް ބޭސް ކަނޑައަޅާ ބަދަލު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އާސަންދައިގެ މިނިންމުމުގެ ސަބަބުން ރާއްޖެއަށް މުޅިންވެސް އެތެރެ ވެގެންދާނީ ކޮލިޓީ ދަށް ބޭސްކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއީ ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަަށް ލިބިގެންދާނެ ބޮޑު ގެއްލުމެއްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ އެސޯސިއޭޝަނުން ވަނީ އާސަންދައިގެ މިނިންމުމުގެ ސަބަބުން އިންތިހާ އަށް ކަންބޮޑުވަނީ، އާސަންދައިގެދަށުން ބޭސް ސިޓީއަށް ބޭސް ނަގާއިރު އެކި ކޮލިޓީގެ ބޭސް ރައްޔިތު މީހާއަށް އިޙްތިޔާރު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު އަލަށް ގެނެވުނު އިސްލާހުގެ ދަށުން އެފުރުސަތު ނުލިބި ރައްޔިތުމީހާއަށް އެންމެ އަގުދަށް ބޭސްކެއުމަށް މަޖުބޫރުވާތީކަން ފާހަގަކޮށްފައެވެ. އަދި އާސަންދައިގެ މިނިންމުމުގެ ސަަބަބުން އަވަށްޓެރި އިންޑިޔާ ފަދަ ޤައުމުތަކުން އެންމެ އަގުދަށް ބޭސް އެތެރެކުރަން ހިތްވަރު ލިބިގެންދާނެ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މި އެސޯސިއޭޝަނުން ޤަބޫލުކުރާ ގޮތުގައި އާސްނަދައިން މިގޮތަށް އަމަލުކުރަން ގަސްދު ކުރާނަމަ ރައްޔިތުންނަށް މިކަން ވަރަށް ރަނގަޅަށް އޮޅުން ފިލުވައިދޭންޖެހެއެވެ. ކޮލިޓީ ރަނގަޅު ބޭސް ބޭނުންކުރަން ޖެހެނީ އަމިއްލަ ޖީބުން ހަރަދުކޮށްގެންކަން ބުނެދޭންޖެހެއެވެ. މީގެ ސަބަބުން އިންޑަސްޓްރިއަލް ބޮޑެތި ގެއްލުންތަކެއްވެ، ރައްޔިތު މީހާ ގެ ސިއްހަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށްވާތީ މިކަމުގައި އިތުރަށް ވިސްނުމަށް މި ޖަމްއިއްޔާ އިން ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.

ރާއްޖެއިން އެކި ކޮލިޓީގެ ބޭސް ލިބެން ހުރި އިރު ރައްޔިތުމީހާގެ ޖީބަށް ބުރަ ނުވާގޮތަށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ގޮވާޅާފައިވެއެވެ. އަދި އާސަންދައިން ގެނައި ބަދަލު ޑޮކްޓަރުންނާއި ފާމަސިސްޓުންނަށް އަންގަން ފަށާފައިވީ ނަމަވެސް އެއެސޯސިއޭޝަނުގެ ބަހެއް ހޯދާަފައިނުވާކަން އެފަރާތުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ތިމަންނަ

17-Mar-2021

ތިޔަ ގަވައިދެއް ހެދުމުގެ ކުރީގަވެސް ގިނަ ފާމަސީ(ޚާއްސަ ގޮތެއްގައި ބިދޭސީން އިސްކޮށް މަސައްކަތްކުރާ ފާމަސީ) ތަކުން ޑޮކްޓަރ ލިޔެދެއްވާ ބްރޭންޑް ފިޔަވާ އެހެނިހެން ބްރޭންޑް ތަކުގެ ބޭސް ދޫކުރަމުން ގެންދެއެވެ. މިސާލަކަށް ބޭސް ސިޓީގައި ވޯލްޓަރަން ލިޔެދިނީމާ ޑިކްލޯ ދުކުރެއެވެ. މިގޮތަށް ދޫކޮށްފަ އާސަންދްަށް އެންޓަރ ކުރަނީ ވޯލްޓްރްންގެ ނަމުގައެވެ. ވޯލްޓަރަންއަކީ ސްވިސް އުފެއްދުމެކެވެ. ޑިކްލޯއަކީ އިންޑިޔާގެ އުފެއްދުމެކެވެ. ޑިކްލޯގެ އަގަކީ 1 ނުވަތަ ދެރުފިޔާއެވެ. ވޯލްޓްރަންގެ އަގަކީ 7 ރުފިޔާ ނުވަތަ ދިހަ ރުފިޔާއެވެ.



ޓްރެންޑިން