އަހުމަދު މަސްނޫމް   16 މާރިޗު 2021 - 13:40
އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް
އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް
އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން 8.44 ރުފިޔާއަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.85 ރުފިޔާއަށްކަމަށެވެ. އަދި 9.19 ރުފިޔާއަށް ވިއްކަމުންދިޔަ ޑީސެލް ލީޓަރެއް ވިއްކާނީ 9.79 ރުފިޔާއަށްކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެހެންކަމުން މިބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި ވަނީ ބޮޑުވެފައެވެ.

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންކަމަށް އެކުންފުނިން ބުނެއެވެ. އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން