އަހުމަދު މަސްނޫމް   16 މާރިޗު 2021 - 13:59
ގިނަ އަދަދެއްގެ ކުދިން ތައުލީމް ހާސިލްކުރަމުންދާ ކަލާފާނު ސުކޫލުގައި ލިފްޓެއް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކަލާފާނު ސްކޫލްގައި ލިފްޓެއް ހަރުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އާދަމް ރަޙީމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކަލާފާނު ސްކޫލްގައި ލިފްޓެއް ބެހެއްޓުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ސްކޫލުގައި ކިޔަވަމުންދާ ޚާއްސަ އެހީއަށްބޭނުންވާ ދަރިވަރުންގެ ތެރެއިން ފުރޮޅުލީ ގޮނޑީގައި އަދި އެހެން މީހެއްގެ އެހީތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ގޮސް އުޅޭ ދަރިވަރުންނަށް ފަސޭހަކަމާއެކު ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް މަގުފަހިކުރުންކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ 1.16 މިލިއަން ރުފިޔާއަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭ ނިންމާގޮތަށްކަމަށެވެ.

ގްރޭޑް އެކަކުން ދިހަޔަކާ ހަމައަށް ކިޔަވައިދެމުން އަންނަ ކަލާފާނު ސްކޫލްގައި މިހާރު 1500 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން