ބޮޑުފުޅަދޫ ޞިއްޙީ މަރުކަޒު ތަރައްޤީކުރަން ޖަޕާނުން އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު
ބޮޑުފުޅަދޫ ޞިއްޙީ މަރުކަޒު ތަރައްޤީކުރަން ޖަޕާނުން އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު
ޖަޕާން ސަރުކާރުގެ "ގްރާސް ރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް"ގެ ދަށުން ބޮޑުފުޅަދޫ ޞިއްޙީ މަރުކަޒު ތަރައްޤީކުރަން ނިންމައިފިއެވެ.

"ގްރާސް ރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް" ދަށުން ތަރައްގީ ކުރަން ނިންމާފައިވާ ބޮޑުފުޅަދޫ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއީއާއި މި ޕްރޮޖެކްޓް ހިންގުމަށް ކަނޑައަޅާފައިވާ ބޮޑުފުޅަދޫ އެސޯސިއޭޝަން ފޮރ އެވެއަރނަސް، ރެކްރިއޭޝަން އެންޑް ޔުނިޓީގެ ރައީސް އާދަމް ރިޔާޒެވެ.



މިއެއްބަސްވުމުގެ ދަށުން ބޮޑުފުޅަދޫ ހެލްތު ސެންޓަރ ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރުން 1.8 މިލިއަން ދިވެހި ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މިމަސައްކަތުގެ ދަށުން މައިންނާއި ކުޑަކުދިންނަށް ދެވޭ ޚިދުމަތްތަކާއި، ލެބޯޓްރީގެ ބައެއް ޚިދުމަތްތައް ތަރައްޤީ ކުރާނެއެވެ.

ޖަޕާން ސަރުކާރުން މިއަހަރުގެ މިހާތަނަށް ސިއްހީ ދާއިރާއަށް ވަނީ 111 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފައެވެ. އަދި 2019 ވަނަ އަހަރު 41 މިލިއަން ރުފިޔާ އަދި 2017 ވަނަ އަހަރު 14 މިލިއަން ރުފިޔާގެ އެހީތެރިކަން ސިއްހީ ދާއިރާއަށް ފޯރުކޮށްދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން