އަންނަ ހޮނިހިރުދުވަހުން ފެށިގެން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުރިއަށްގެންދިޔަ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުގެ ޕްރޮގްރާމް އިއްޔެ ވަނީ މާލެ ސަރަޙައްދުގައި މެދުކަނޑާލާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ އާންމުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މެދުކނަޑާލިނަމަވެސް ޚާއްސަ ކެޓަގަރީތަކުގައި ހިމެނޭ މީހުންނަށް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަން ފަށާނެކަމަށެވެ.

އެ ކެޓަގަރީ ތަކުގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުން، ބޮޑެތި ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުންނެވެ. މީގެ އިތުރަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ކޮންޓެކްޓަކަށްވެ ކަރަންޓީނުގައި ތިބި މީހުންނާއި ރާއްޖެއިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނަށްވެސް މިމަހުގެ 20ގެ ފަހުން ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި، މާލެއިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނަށްވެސް އެމުއްދަދުގައި ވެކްސިން ދޭނެއެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މެދުކަނޑާލާފައިވާއިރު ރާއްޖޭގައި މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ހުސްވި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ރާއްޖޭގައި ފެށި ކޮވިޑް ދިފާޢު ވެކްސިންގ ކެމްޕޭންގައި މިހާތަނަށް ބޭނުން ކޮށްފައިވަނީ އިންޑިއާގެ ސީރަމް ކުންފިނިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް މިހާރު ވަނީ އިތުރު ދެވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފައެވެ. އެއީ ޗައިނާފައި އުފައްދާފައިވާ ސިނޮފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ. ނިނޮފާމްގެ ދެލައްކަ ޑޯޒް ވެކްސިން ޗައިނާ ސަރުކާރުން ހަދިޔާކުރަން ނިންމާފައިވާކަން ދެގައުމުގެ ސަރުކާރުން ވެސް މިހާރު ވަނީ އިޢުލާން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން