ސިވިލް ސާވިސްގެ ވަޒީފާދޭ އުމުރަށް ބަދަލު ގެނައުމަށް ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ސިވިލް ސަރވިސް ޤާނޫނަށް މިއިސްލާހު ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމެވެ.

ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ސިވިލް ސަރވިސް ޤާނޫނުގައި ވަޒީފާ ދޭ އެންމެ މަތީ އުމުރުގެ ގޮތުގައި އޮންނަ 55 އަހަރު 50 އަހަރަށް ބަދަލުކުރުމަށެވެ. އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެ ކަމަށްވެސް މިއިސްލާހުގައިވެއެވެ.

މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންގެ އަދަދަށް ބަދަލު ގެނައުމަށްވެސް މިއިސްލާހުގައިވެއެވެ. އެގޮތުން ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނަކީ އަންހެނުންނަށް ހެދުމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެ އިސްލާހުގެ ދަށުން މެމްބަރުން އައްޔަންކުރާނީ މިހާރު ތިބި މެމްބަރުންގެ ދައުރު ހަމަވެ، ދެން އަންނަ ދައުރަކަށް މެމްބަރުން އައްޔަންކުރެއްވުމުގައިކަމަށްވެސް އިސްލާހުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން