ސައިކަލެއްގެ މަޑި ދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ހުޅުމާލޭގައި ފްލެޓް 53 ކައިރީގައި ޕާކްކޮށްފައިހުރި ސައިކަލަކުންކަމަށެވެ.

ފުލުހުން ވިދާޅުވީ އިއްޔެ ލިބުނު މައުލޫމާތަކާއި ގުޅިގެން ޕާކްކޮށްފައިހުރި ސައިކަލެއް ބަލައިފާސްކުރިއިރު، ސައިކަލް މަޑިދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅާއި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 15 ދަޅާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މިމައްސަލަ ހުޅުމާލެ ޕޮލިސްއިން ދަނީ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން