މަރަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު، އިބްރާހިމް ޝަރީފް.
މަރަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު، އިބްރާހިމް ޝަރީފް.
ސިޔާސީ ޕްރޮޕެގަންޑާ ތަކުގެ ސަބަބުން ގައުމު ނުރައްކާވާވަރަށް ބައިބައިވުން އެކަށީގެންވާކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު، އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފަައިވާއިރު ލޯކަލް ކައުންސިލް އިންތިހާބާއެކު، ޕާޓީ ކޯލިޝަންތަކުން އެއްބަޔަކު އަނެއްބަޔަކަށް އެއްވެސް އިޙުތިރާމެއް ނެތި ބަހުގެ ހަމަލާތައްދީ އެކި ތުހުމަތުތައް ކުރަމުންދާތަން ހާމަކަން ބޮޑުގޮތެއްގައި ފެންނަމުންދެއެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ އެކި ޕްރޮޕެގަންޑާ ތަކާ ހެދި ގައުމު ބައިބައިވިޔަ ނުދީ، ގައުމުގެ އެއްބައިވަންތަކަން ދަމަހައްޓަން އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ އާންމު ރީތި އުސޫލުތައް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ތަރައްގީގެ ކުރިމަގެއް ބިނާކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ދިވެހިންނަށް ހޯދައިދިނުމަށް މިގައުމުގެ ވެރިން މަސައްކަތްކުރަން ޖެހޭނެކަމަށްވެސް ޝަރީފް ވަނީ ފާހަގަކޮށްފައެވެ.



"ސިޔާސީ އެކި ޕްރޮޕެގެންޑާ ތަކާ ހެދި ގައުމު ނުރައްކާވާވަރަށް ބައިބައިވުން އެކަށީގެންވޭ. ގައުމުގެ އެއްބައިވަންތަކަން ދަމަހައްޓަން އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ އާންމު ރީތި އުސޫލުތައް ވަގުތު ފާއިތު ނުވަނީސް އަލުން ގެންނަން ޖެހޭ. އަދި ތަރައްގީވެ ކުރިއަަށް ދިއުމަަށް ހުރިހާ ދިވެހިންނަށް ހަމަ ހަމަ ފުރުސަތު ތަކެއް ލިބެން ޖެހޭ. ހަމަހަމަ ކަމާއި އެކު ފުރުސަތު ހޯދައިދިނުމަކީ އުނދަގޫވާނެކަމެއް. ނަމަވެސް ދިވެހިންނަށް ކާމިޔާބު ތަރައްގީއަކަށް އެދޭނަމަ ހަމަ ހަމަ ފުރުސަތު ހޯދައިދިނުން ނޫންގޮތެއްނެތް. މިގައުމުގެ ވެރިން މަސައްކަތްކުރަން ޖެހޭނީ އެކުވެރިކަމާއެކު ދިވެހިންނަށް ރަނގަޅު ކުރިމަގެއް ބިނާކޮށްދިނުމަށް." ޝަރީފް ގެ ޓްވީޓުގައި ވިދާޅުވިއެވެ.



ޝަރީފު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނާއި އެންޓި ކެންޕޭންގައި އެއްބަޔަކު އަނެއް ބަޔަކާއި ދިމާކުރުމާއި ހަގީގަތެއް އަސްލެއް ނެތް ތުހުމަތުތައް އެޅުވުމާއި އެއްބަޔަކު އަނެއް ބައެއްގެ އަގުވައްޓާލުމަށް ތަފާތު ވާހަކަތައް ދެއްކުމަކީ މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހުން އެންމެ ބޮޑަށް ފެންނަމުންދާ އަމަލުތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން