ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ޤާނޫނުއަސާސީއާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަން ކުރައްވާތީ އެމަނިކުފާނު މަޤާމުން ވަކިކުރަން ޕީޕީއެމް/ ޕީއެންސީގެ ޖޮއިންޓް ކައުންސިލަށް ހުށަހަޅައިފިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ބާތިލުކުރުމަށާއި ޤާނޫނު އަސާސީއާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަންކުރައްވާތީ އެމަނިކުފާނު ވެރިކަމުން ދުރުކުރުމަށް ގޮވާލައި، މިޤަރާރު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ޖޮއިންޓް ކައުންސިލަށް ހުށަހެޅުއްވީ ކައުންސިލުގެ ރިޔާސަތުންނެވެ.

މިޤަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބެއްލެވުމެއް ނެތި ސަރުކާރުން ބައެއް ފަރާތްތަކާއެކު ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން، ޚާއްސަކޮށް އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. އަދި އެފަދަ އެއްބަސްވުންތަކުގައި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރުވެރިކަމާއި ފުށުއަރާ އެތައް ކަންތައްތަކެއް ހުރިކަން މިޤަރާރުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަމުން ނުގެންދަވާކަމަށް ޤަބޫލުކުރެވޭތީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިޤަރާރުގައި ގޮވާލާފައިވެއެވެ.



އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ކައުންސިލަށް ހުށަހެޅި މިޤަރާރަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުންވެސް ވަނީ މިޤަރާރަށް ތާއީދުކުރަށްވައި ވާހަކަ ދައްކަވާފައެވެ. އަދި މިކަމާއި ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ޖޮއިންޓް ކައުންސިލުގެ މެމްބަރުން ފާހަގަކުރެއްވިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ މައްސަލަ ބޮޑުވެފައިމިވަނީ، އެ އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީއެއްކަމަށް ބުނާ ލިޔުމެއް މީޑިއާގައި ލީކްވުމާއި ގުޅިގެނެވެ. ލިޔުންތައް ލީކުވުމުން ސަރުކާރުން ބުނެފައިވަނީ އެއީ "ފޭކް" ލިޔުންތަކެއްކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ ލީކްވެގެން އުޅެނީ "ފޭކް" ލިޔުމެއްނަމަ، އެއްބަސްވުމުގެ އަސްލު ހާމަކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން