އައިޖީއެމްއެޗް
އައިޖީއެމްއެޗް
ބަނޑަށް 22 ހަފުތާ ނުވަނީސް ވިހައިފިނަމަ ސިއްޙީ ދާއިރާގައި ބަލާނީ އެއީ ބައިގެންދިޔަ ކުއްޖެއްގެ ގޮތުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ 22 ހަފްތާ ނުވަނީސް ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިއުން ކަމަށެވެ. އަދި އެގޮތަށް ބެލުމުގައި ތަފާތު ގައުމުތަކުގައި ތަފާތު އުމުރުތަކަށް ނުވަތަ މިންގަނޑުތަކަށް ރިއާޔަތް ކުރާއިރު، އައިޖީއެމްއެޗުން ބައިގެންދިއުން ކަމަށް ބަލަނީ މާބަނޑު މީހެއްގެ ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވިހައިފިނަމަ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ، ސިއްހީ ފަރުވާއަކީ އިލާހީ ގާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި އަދި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ އިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމުގައިވާ ހިނދު، އެކަންކަމަށް ރިއާޔަތްކޮށް ފުރާނައެއް ސަލާމަތް ކުރުމަށް ދެވޭނެ އެއްވެސް ފަރުވާއެއް އޮވެއްޖެނަމަ އެ ފަރުވާއެއް ހޮސްޕިޓަލުން ދެމުން ގެންދާ ކަމަށެވެ. ނަމަވެސް 22 ހަފްތާ ވުމުގެ ކުރިން ވިހާ ކުއްޖެއްގެ ނުވަތަ ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލުތަކުގައި ކުރާ ކަމެއް ނޫން ކަމަށް އެ ހޮސްޕިޓަލްގެ ބަޔާނުގައި ވެއެވެ.

ހޮސްޕިޓަލްގެ ބަޔާނުގައިވަނީ، ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން، 12 ވަނަ ހަފުތާއިން ފެށިގެން ވެސް ކުއްޖާގެ ވިންދު ހުންނާނެ ކަމަށާއި ނަމަވެސް އެގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށާއި، އަދި އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައް ވެސް އެ އުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީ ނުވާނެ ކަމަށެވެ.



ހަމައެއާއެކު ސިއްހީ ގޮތުން ރިއާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަމަށް ރިއާޔަތް ކުރުމަށްފަހު މި އުމުރުގައި ވިހާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލުތަކުގައި ކުރާ ކަމެއް ނޫން ކަމަށާއި، ސިއްހީ ބަހުން ދަންނަވާނަމަ މިއީ ވަޔަބަލް ފީޓަސް އެއް ނޫން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އަދި މިފަދަ ހާލަތްތަކުގައި އަމަލުކުރާ ގޮތަކީ، ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުން ކަމަށް އައިޖީއެމްއެޗުން ނެރުނު ބަޔާނުގައިވެ އެވެ.

ވަކި ބަލިމީހެއްގެ ވަކި ކޭސްއަކާ ބެހޭ ހާއްސަ މައުލޫމާތުތަކަކީ ކަމާބެހޭ ގާނޫނީ އުސޫލުތަކުގެ ދަށުން އާންމުންނަށް ނުވަތަ ތިން ވަނަ ފަރާތަކަށް ހާމަކުރުން މަނާ މައުލޫމާތެއް ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ. އެހެންކަމުން އެ ހޮސްޕިޓަލާ ބެހޭ ގޮތުން ސޯޝަލް މީޑިއާ އާއި މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް، އެ މައްސަލަތަކުގެ ވަކިވަކި ތަފުސީލު ހާމަކުރުމަކީ ނުވަތަ ކަންވީ ގޮތް ތަފުސީލުކޮށް ބަޔާންކުރުމަކީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން މިފަދަ ބަޔާނެއް ނެރެފައިވާއިރު އެ ހޮސްޕިޓަލްގައި ދުވަސްނުފުރާ ވިހެއި ތުއްތު ކުއްޖެއްގެ ވިންދު ހުސްވަންދެން ފަރުވާއެއްނުދީ ބޭއްވިކަމަށް ބުނެ ޢާއިލާއިން ވަނީ އެ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ލސނ

19-Mar-2021

ތި އުޅެނީ ކަލޭމެން ހޭވި ހަޑި ފޮރުވަން. ވަގުތުން ެ ނެރެލީނު އެއްޗެއް.



ޓްރެންޑިން