ހއ. ކެލާ ތުނޑީގައި، ރިސޯޓެއް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި ފޭޑޯ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ޓުއަރިޒްމްގައި އޮތް ރަސްމިއްޔާތުގައި، ދިވެހި ކުންފުންޏެއް ކަމަށްވާ، ފޭޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 100 އެނދުގެ ހޮޓަލެއް ކެލާ ތުނޑީގައި ގާއިމުކުރުމަށެވެ. އަދި މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ޢަމަލީ މަސައްކަތް ފަށާތާ 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިހޮޓަލާއެކު، ކެލާގައި އިތުރު ވަޒީފާތަކަކާއި، އެސަރަހައްދުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމަށް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިއަދުގެ މިއެއްބަސްވުމުގެ މައޫލޫމާތު ޓްވިޓަރގައި ހިއްސާ ކުރައްވަމުން، ފަތުރުވެރިކަން ތަރައްގީކުރުމުގައި، ދިވެހި ޒުވާނުން އިސްވެ ހަރަކާތްތެރިވާތަން ފެނުމަކީ އުފާވާކަމެއްކަމަށް މިނިސްޓަރ ވަނީ ފާހަގަކުރަށްވާފައެވެ.



މި ރަސްމިއްޔާތުގައި، ޓުއަރިޒަމް މިނިސްޓަރ، އަބްދުﷲ މައުސޫމް އާއެކު ކެލާ ދާއިރާގެ މަޖިލީހުގެ މެމްބަރު، އިބްރާހިމް ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު