ދިވެހި ސަރުކާރުގެ މުއާސަލާތީ ކުންފުނި، ދިރާގުގެ އިންޓަރނެޓް ބްރޯޑްބޭންޑްގެ ޚިދުމަތް މިއަދު ހެނދުނު މެދުކެނޑި ގިނަ ދަރިވަރުންގެ އޮންލައިން ކްލާސްތައް ނުފެށި ކިޔެވުމަށް ބުރޫއަރައިފިއެވެ.
ދޭ ޚިދުމަތްތަކަކީ އެންމެ މޮޅު އަދި އެންމެ އަގުހެޔޮ ޚިދުމަތް ކަމަށް އަބަދުވެސް ދަޢުވާ ކުރާ ރާއްޖޭގެ މައި މުއާސަލާތީ ކުންފުނީގެ އިންޓަރނެޓް ޚިދުމަތް މިއަދު ބައެއް ކަސްޓަމަރުންނަށް ނުލިބޭ ކަމުގެ ޝަކުވާ ކުރަމުންދާ ކަމަށް އެކުންފުނިން ބުނި ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ދިމާވި ކަމެއް ކަމަކަށް އެކުންފުންޏަކުން ނުބުނެއެވެ. މިފަދަ ހައްސާސް ދުވަސްވަރެއްގައި ގިނަ އިރުތަކެއް ވަންދެން ޚިދުމަތް މެދު ކެނޑުމުން ވެސް އެކުންފުނިން ކޮށްލި ޓްވީޓަކުން ދޭހަވަނީ ޚިދުމަތް މެދު ކެނޑުމުގައި ވީނުވީއެއް އެކުންފުންޏަށް ވެސް ނޭނގޭ ކަމަށެވެ.
ޚިދުމަތް "ކަޑަ" ކަމުންނާއި އަގުބޮޑުވެފައި "ސްލޯ" ކަމުންނާއި ކުންފުނިން އިސްތިހާރުކޮށްގެން ވިއްކާ "ޕެކޭޖް" ތަކުން އިސްތިހާރުކުރާ ގޮތަށް ޚިދުމަތް ނުލިބޭތީއާއި ބޭނުން ކުރާ މިންވަރަށްވުރެ އަވަހަށް ޕެކޭޖް ހުސްވާތީ ގިނަ ބައެއްގެ ފާޑުކިޔުމާއި ހިތްހަމަ ނުޖެހުން ރެއާއި ދުވާލު ރަށްދުވަމުން ދާ ދިރާގުން ރައްޔިތުންގެ އެ ހިތްހަމަ ނުޖެހުންތަކަށް ޖަވާބުދާރީ ވަމުން ނުދާކަން ފާހަގަ ކޮށްލެވެއެވެ. އަދި ދިރާގުގެ ޚިދުމަތުގެ އަގުތައް ބޮޑުވުމާއި އިންޓަރނެޓްގެ ސްޕީޑް ލަސްކަމުންނާއި ޕެކޭޖް ހުސްވެގެންދާލެއް އަވަސް ކަމުން ގިނަ ބަޔަކު ޝަކުވާ ކުރާތީ އެކަން ހައްލު ކުރަން ސަރުކާރުގެ ކަމާބެހޭ ފަރާތުން މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެފަދަ ކަމަކަށް ހައްލެއް ލިބި ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ގެނެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ.
މިއަދު ހެނދުނުގެ ބޮޑޫބައިގައި ދިރާގުގެ އިންޓަރނެޓްގެ ޚިދުމަތް މެދުކެނޑުމުން ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔައި ދިރާގާމެދު ހިތް ހަމެނުޖެހުން ފާޅުކޮށްފައެވެ. އަދި ގިނަ ދަރިވަރުން ތަކެއް އޮންލައިންކޮށް ކިޔަވަމުންދާ މިދަނޑިވަޅުގައި ކުންފުންޏަށް ވާނުވާ ނޭނގި އެހާ ގިނައިރު ޚިދުމަތް ކެނޑިފައި ހުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އެފަދަ ފަރާތްތަކުން ބުނެފައި ވެއެވެ.
ދިވެހި ގިނަ ޒުވާނުން ސިފަކުރަނީ ދިރާގަކީ "ރައްޔިތުން ފެލާ" ކުންފުންޏެއްގެ ގޮތުގައެވެ. އަދި އިންޓަރނެޓްގެ ޚިދުމަތް ބޭނުން ނުކުރާ ވަރަށް އަގުނަގައި، ނޭނގި ހުއްޓާ ޕެކޭޖް ހުސްވެގެން ދިއުމާއި އެއްފެންވަރެއްގައި އިންޓަރނެޓްގެ ޚިދުމަތް ނުހުންނާތީ ގިނަ ބަޔަކު އަންނަނީ ދިރާގުގެ ޚިދުމަތާއި މެދު ޝަކުވާ ކުރަމުންނެވެ. އަދި ޑައުންލޯޑް ސްޕީޑާއި އަޕްލޯޑް ސްޕީޑްވެސް އިސްތިހާރު ކުރާ މިންވަރަށް ޕެކޭޖްތަކުގައި ނުހުންނާތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަމުންދާކަން ފާހަގަ ކުރެވެއެވެ.
އިންޓަރނެޓްގެ ޚިދުމަތުގެ އަގު ހެޔޮކޮށް ފެންވަރު ރަނގަޅު ހަލުއި އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދު ފުއްދައި ދިނުމުގައި ސަރުކާރުގެ މުވާސަލާތީ ކުންފުނި މިހާތަނަށް ވެސް ފެއިލްވެފައި ވަނިކޮށް މުވާސަލާތީ ވުޒާރާގެ ވަޒީރު ވެސް މިހާރު ވަނީ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ބޭރުކޮށްލާފައެވެ. އޭނާ މަގާމުން ބޭރުކޮށްލިތާ ދެމަސް ވެގެންދާއިރުވެސް އިންޓަރނެޓްގެ އަގަކަށް ވެސް އަދި ސްޕީޑަކަށްވެސް ބަދަލެއް ނާންނަކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
ގިނަތުހުމަތު ތަކެއްކޮށް މުވާސަލާތާބެހޭ ވަޒީރު މަގާމުން ދުރުކުރި ނަމަވެސް ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ދައްކާ އަދި ގިނަ މަޖިލިސް މެންބަރުންނަށް ލުއިތަކާއި އިނާޔްތަތައް ދޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ދިރާގުގެ ޚިދުމަތުގެ އަގާއި ފެންވަރާއި މެދު ގިނަ މެންބަރުން ފާޑުވިދާޅުނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

We are observing that some of our customers are experiencing difficulty in accessing Fixed Broadband service. Our teams are working to resolve the issue at the earliest possible. Our sincere apologies for the inconvenience and thank you for your patience.
— Dhiraagu (@Dhiraagu) March 17, 2021
އިންޓަރނެޓްގެ ޚިދުމަތުގެ އަގު ހެޔޮކޮށް ފެންވަރު ރަނގަޅު ހަލުއި އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދު ފުއްދައި ދިނުމުގައި ސަރުކާރުގެ މުވާސަލާތީ ކުންފުނި މިހާތަނަށް ވެސް ފެއިލްވެފައި ވަނިކޮށް މުވާސަލާތީ ވުޒާރާގެ ވަޒީރު ވެސް މިހާރު ވަނީ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ބޭރުކޮށްލާފައެވެ. އޭނާ މަގާމުން ބޭރުކޮށްލިތާ ދެމަސް ވެގެންދާއިރުވެސް އިންޓަރނެޓްގެ އަގަކަށް ވެސް އަދި ސްޕީޑަކަށްވެސް ބަދަލެއް ނާންނަކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
ގިނަތުހުމަތު ތަކެއްކޮށް މުވާސަލާތާބެހޭ ވަޒީރު މަގާމުން ދުރުކުރި ނަމަވެސް ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ދައްކާ އަދި ގިނަ މަޖިލިސް މެންބަރުންނަށް ލުއިތަކާއި އިނާޔްތަތައް ދޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ދިރާގުގެ ޚިދުމަތުގެ އަގާއި ފެންވަރާއި މެދު ގިނަ މެންބަރުން ފާޑުވިދާޅުނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު