މިއަހަރުގެ ޖޫންމަހާ ހަމައަށްދާއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް ފޯރުކޮށްދެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރާއްޖޭގައި އެންބިއުލާންސް ބޭނުންވާ ރަށްތަކާއި، މިހާރު ބޭނުން ކުރަމުންދާ ރަށްތަކުގެ ތެރެއިން އެންބިއުލާންސް ހަލާކުވެފައިވާ ރަށްތައް ދެނެގަނެވި، އެންބިއުލާންސްތައް ލިބުމުން އެރަށްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ގެންނަ އެންބިއުލާންސްތަކުގެ ތެރޭގައި ސަރުކާރުން ގަންނަ އެމްބިއުލާންސްއާއި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބޭ އެންބިއުލާންސްތައް ހިމެނޭކަމަށެވެ. އަދި އޭޕްރީލް މަހުގެ ތެރޭގައި އެންބިއުލާންސްތައް ލިބެން ފަށާނެކަމަށާއި އަމާޒަކީ މިއަހަރުގެ ޖޫންމަހުގެ ކުރިން ހުރިހާ ރަށަކަށް އެންބިއުލާންސް ހަމަކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި އަހަރުގެ ޖޫން އަންނަންވާއިރަށް އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްބިއުލެންސް އޮންނާނެ." ނަސީމް ވިދާޅުވިއެވެ.
އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުންތަކުގައިވެސް ނަސީމް ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވާފައެވެ.
މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވީ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެސް.ޓީ.އޯއިން އިތުރު 96 އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި އެ އެމްބިއުލާންސްތައް ރާއްޖެއަށް އަންނާނެކަމަށާއި، އެހާތަނަށް އެމްބިއުލާންސް ނެތް ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ފިނޭންސް މިނިސްޓްރީގައި ހަމަޖެހިގެން، އަޅުގަނޑުމެން މިހާރު ވާނީ ފޮނުވާފައި އެސް.ޓީ.އޯއިން އެމްބިއުލާންސްތައް ގެންނަން. އެހެންވީމަ 96 އެމްބިއުލާންސް އަންނާނެ އޭޕްރީލްމަހުގެ ނިޔަލަށް. އެހާތަނުން އެމްބިއުލާންސް މަދުވާ ހުރިހާ ރަށަކަށްވެސް އެމްބިއުލާންސްތައް ލިބޭނެ." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
އެކަހެރިކޮށް އޮންނަ ރަށްތަކުން ޞިއްޙީ ޚިދުމަތް ހޯދުމަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް 12 ލޯންޗެއް މިހާރު ލިބިފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް މަދުވާ ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބަޖެޓުގެ ތެރެއިން 61 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އުއްމީދަކީ މިއަހަރުގެ މެދުތެރެއަށް ދާންވާއިރަށް މިނިސްޓްރީން ކަނޑައަޅާފައިވާ ކެޓެގަރީތަކާއި އެއްގޮތަށް ހުރިހާ ރަށެއްގައިވެސް ޑޮކްޓަރުންނާއި ނަރުހުން ހަމަވުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު