މަރަދޫ ފޭދޫގައި ހުންނަ އެސްޓީއޯ ފިހާރައިގެ ތިޖޫރި ރޭގެ ވަގުތެއްގައި ފަޅާލައިފިއެވެ.

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހުންނަ އެސްޓީއޯ ފިހާރައިގެ ތިޖޫރީ ފަޅާލައި 7000 ރުފިޔާ ވަގަށް ނަގައިފައިވާ ކަމަށް ވެއެވެ.

ފުލުހުން ބުނީ މަރަދޫ ފޭދޫ އެސްޓީއޯ ފިހާރައިގެ ތިޖޫރީ ހަލާކު ކޮށްލައިގެން ވައްކަން ކޮށްފައިވާ މައްސަލައެއް ރޭ ފަތިހު 5:45 ގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި ތިޖޫރިން 7000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ފުލުހުން ބުނެފައިވެއެެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރިނަމަވެސް، މިމައްސަލަ ތަހުޤީޤްކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން