ގއ. ވިލިނގިލީ ފެނުގެ ނިޒާމް ޤާއިމުކޮށް ނިންމާލައިފިއެވެ.
ގއ.ވިލިނގިލީ ފެނުގެ ނިޒާމް ޤާއިމުކޮށް ނިންމުމަށްފަހު މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނުގެ ނިޒާމް އޮޕަރޭޓްކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ވަނީ ޙަވާލުކޮށްފައެވެ.
އެކަށީގެންވާ ބޯފެނުގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ގއ. ވިލިނގިލީގައި ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖޮއިންޓް ވެންޗަރ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާއި ދެމެދު ސޮއިކުރީ 2017 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.
އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަގަކީ 3,623,843.24 (ތިން މިލިއަން ހަސަތޭކަ ތޭވީސް ހާސް އަށްސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ދޭއް ހަތަރެއް) ޑޮލަރެވެ.
މިމަޝްރޫޢުގެ ދަށުން ގއ. ވިލިނގިލީގައި ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވި، 158.6 ޓަނުގެ އާރް.އޯ ޕްލާންޓަކާއި، 195 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކް ބެހެއްޓިފައިވެއެވެ. މީގެ އިތުރަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ގޭބިސީތަކާއި މުޢައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅައި ދިނުމާއި، ފެނުގެ ތަޙްލީލް ކުރެވޭގޮތަށް ހުރިހާ އިކުއިޕްމެންޓަކާއިއެކު ލެބެއް ވެސް ހިމެނެއެވެ.

Ga. Villingileegai sarukaarun gaaim kuravvaafaivaa fenuge nizaamuge asset thah FENAKA aa havaalu kuravvaifi. #TeamFenaka pic.twitter.com/2x0nSddSc5
— Fenaka Corporation Ltd (@TeamFenaka) March 17, 2021
އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަގަކީ 3,623,843.24 (ތިން މިލިއަން ހަސަތޭކަ ތޭވީސް ހާސް އަށްސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ދޭއް ހަތަރެއް) ޑޮލަރެވެ.
މިމަޝްރޫޢުގެ ދަށުން ގއ. ވިލިނގިލީގައި ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވި، 158.6 ޓަނުގެ އާރް.އޯ ޕްލާންޓަކާއި، 195 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކް ބެހެއްޓިފައިވެއެވެ. މީގެ އިތުރަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ގޭބިސީތަކާއި މުޢައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅައި ދިނުމާއި، ފެނުގެ ތަޙްލީލް ކުރެވޭގޮތަށް ހުރިހާ އިކުއިޕްމެންޓަކާއިއެކު ލެބެއް ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު