ލޮލަށް ބުޅި ހެރުނު މަސްވެރިޔާ
ލޮލަށް ބުޅި ހެރުނު މަސްވެރިޔާ
މަހަށް ނިކުމެ އުޅުނު މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 9.58 ހާއިރު ހިނގި ހާދިސާއެއްގައި ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދެމުންދަނީ ގއ. އެކަފަރު ކަނޑުގެ 9 ނޯޓިކަލް މޭލުން މަސްވެރިކަން ކުރަމުންދިޔަ ހުށިޔާރު ނަމަކަށްކިޔާ ދޯނީގައި ހުރި 55 އަހަރުގެ ދިވެހި ފަޅުވެރިޔަކަށްކަމަށެވެ. އަދި އޭނާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ގއ. ވިލިނގިއްޔަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.



މަސްވެރިކަމަށް ނިކުމެ އުޅޭ މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. އަދި އެފަދަ ކަންކަމަށް މަސްވެރިންނާއި ފަޅުވެރިން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. މަސްވެރިކަމަށް ނުކުމެއުޅޭ އުޅަނދު ފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ މިފަދަ ހާދިސާތަކުގައި ގައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑްގެ އެހީ ވަރަށް އަވަހަށް ލިބެމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

އެލްޝަން

19-Mar-2021

މިއީ ރާއްޖޭގައި މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވާ ކަމެއް ! އެހެންކަމުން ދޯނިފަހަރުގެ އެތެރޭގެ ހަރުދަނާ ގަވާއިދު ތަކެއް ހަދަން ވެއްޖެ! ކޮންމެ ދޯންޏެއްގައިވެސް ހުރިހާފަޅުވެރިން ހެލްމެޓު ބޭނުން ކުރުމުގެ އުސޫލެއް އެބަ ހަދަންޖެހޭ!



ޓްރެންޑިން