ވ. ފެލިދޫގައި ހަދާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މިއީ ރާއްޖޭގައި އަޅާ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެ ތަކުގެ ތެރޭގައި ހިމެނޭނެ އިންޖީނުގެއެއްކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ. މިގޮތުން މި އިންޖީނުގެއަކީ މުޅިން އާ ޒަމާނީ ވަސީލަތްތަކާއެކު، މުސްތަގުބަލުގައި ފެލިދޫއަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، 4 މެގަވޮޓްގެ ކެޕެސީޓީ ގާއިމް ކުރެވޭ ގޮތަށް އެޅިގެންދާނެ އިންޖީނުގެއެއް ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

މިއިންޖީނުގޭގައި ކަސްޓަމަރ ސަރވިސް އިމާރާތެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާއިރު، މިއިމާރާތުގެ ފުރަތަމަ ފަންގިފިލާ އަމާޒު ކުރެވިފައިވަނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ކްލާސްތައް ހިންގުމަށާއި، މީޓިންތައް ބޭއްވޭނެ އިންތިޒާމް ތަކަށެވެ. އަދި ކޮވިޑާއިއެކު ކުރެވުނު ތަޖުރިބާތަކާއިއެކު، މިއިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ ކާރިސާއެއް ކުރިމަތިވާ ހާލަތުގައިވެސް އެހާލަތަކަށް ތައްޔާރުވެ މުވައްޒަފުންނަށް ލޮކްޑައުންވެ ތިބެވޭނެ ގޮތަކަށެވެ.

މީގެއިތުރުން، މިއިންޖީނުގެ ވެގެން ދާނީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި ތަނަކަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. މިގޮތުން އިންޖީނުގޭގެ އިމާރާތުގައި ސޯލާޕެނަލް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށްވެއެވެ.

މިއަދު ހެނދުނު ވ. ފެލިދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އަޅުއްވާދިނުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.



މި އާ އިންޖީނުގެއާއިއެކު ފެލިދޫގެ އުމްރާނީ ތަރައްގީއަށް ކުރިއެރުން ލިބިގެންދާނެކަމަށް ސްޓެލްކޯއިން އުންމީދުކުރާކަމަށް އެކުންފުނިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން