މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފަށާފައިވާ "ހައި ސްޕީޑް ފެރީ" ނިޒާމުގެ ޚިދުމަތް 2023ގެ ނިޔަލަށް ހުރިހާ ޒޯނެއްގައި ޤާއިމްވިގެންދާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިމަޝްރޫއާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުން މިނިސްޓަރ އަޞްލަމް ވިދާޅުވީ މިމަޝްރޫއުގެ ދަށުން ފުރަތަމަ ޒޯންގައި ހިމެނޭ އަތޮޅުތަކުގައި މިއަހަރުގެ ނޮވެމްބަރު މަހު ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު އިތުރު ދެ ޒޯންގައި މަސައްކަތް ފަށާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިމެންވާއިރަށް ހުރިހާ ޒޯނެއްގައި ފެރީގެ ނިޒާމް ގާއިމްކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުން ނިންމާފައިވަނީ މި ޚިދުމަތް ޕްރައިވެޓައިޒް ކުރާނީ އިކޮނަމިކަލީ ދެކޮޅުޖެހޭ ވަރަށް މި ޚިދުމަތް ތަރައްޤީ ވަމުން ދިޔައީމަ." މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފެރީގެ ނިޒާމުގެ އަގު މިހާރު ދުއްވަމުންދާ ސްޕީޑް ފެރީތަކުގެ އަގަށްވުރެ ހެޔޮވާނެކަމަށެވެ. އަދި މިފެރީތަކަކީ ލަސް ފެރީތަކަށްވުރެ ރަނގަޅު ފެންވަރުގައި ބަނދެވިގެންދާނެ ފެރީތަކެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



"ހައި ސްޕީޑް ފެރީ" ނިޒާމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަސައްކަތަކީ ސީދާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށާއި މިކަމަށް 157 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެއެވެ.

"ހައި ސްޕީޑް ފެރީ" ނިޒާމުގެ ޚިދުމަތް ޤާއިމުކުރާނީ ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައިގެންނެވެ. ޚިދުމަތް ދިނުމުގައި 3 ރޫޓެއް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ ކައިރި ރަށްރަށަށްކުރާ ކުރު ދަތުރުތަކަށް ކޮމިއުޓަރ ލިންކާއި ޚާއްސަ ޙާލަތްތަކުގައި ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން