ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ފިޓްނަސް ސެންޓަރަކާއި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މިދިޔަ އަހަރުގެ ޖުލައިމަހުވެސް ފިޓްނަސް ސެންޓަރަކާއި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. ނަމަވެސް އެ އިއުލާނަށް މާބޮޑު ތަރުހީބެއް ލިބިފައެއްނުވެއެވެ.

މަޖިލީހުގެ އިދާރާގައި ފިޓްނަސް ސެންޓަރަކާއި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފައިވާއިރު މި ފުރުސަތުގެ ދަށުން ޖިމާއި ރެސްޓޯރެންޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ބީލަން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. އަދި ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 28ގައި ކަމަށް މަޖިލީހުގެ އޮދާރާއިން ބުނެފައިވެއެވެ.

މަޖިލީހުން މައުލޫމާތު ދޭގޮތުގައި ރެސްޓޯރެންޓާއި ފިޓްނަސް ސެންޓަރު ހުޅުވާނީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަހުގައެވެ.

މަޖިލީހުގެ އާ އިމާރާތުގައި ޑޭކެއަރ ކޮޓަރިއަކާއި ކެފޭއަކާއި ޖިމެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ފުރަތަމަ އިޢުލާން ކުރެއްވީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އަންހެން މެންބަރުންނާއި މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރަށްވާ އަންހެން ބޭފުޅުންގެ ތުއްތުޕުޅު ބޭފުޅުންނަށް ގާއިމު ކުރާ މިތަނުގެ އިތުރުން މަޖިލީހުގައި ގާއިމުކުރާ ކެފޭއަކީ މެންބަރުންގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށްލައިވެސް ހެދޭގޮތަށް ހައްދަވާ ތަނެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން