ޑރ. މައުސޫމްގެ ހިއްސާ ކުރަށްވާފައިވާ ފޮޓޯ
ޑރ. މައުސޫމްގެ ހިއްސާ ކުރަށްވާފައިވާ ފޮޓޯ
އައްޑޫ ސިޓީންވެސް އަލިވިލޭތަން ފެންނަނީ މުޅިން އައު ރަށްވެހި ފަތިހަކަށް ކަމަށް ވިދާޅުވެ ޑރ. މައުސޫމް ވެސް އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ސްލޯގަން، "ރަށްވެރިފަތިސް" ބޭނުން ކުރަށްވަން ފަށްޓަވައިފިއެވެ.

އައްޑޫސިޓީއަށް މުޅިން އައު ރަށްވެހި ފަތިހަކަށް އަލިވިލިގެން އަންނަ މަންޒަރު ސިފަކުރަށްވައި ޑރ. މައުސޫމު ޓްވީޓް ކުރަށްވާފައި ވަނީ އައްޑޫ ސިޓީއަށް އިރުއޮއްސޭ ހިތްގައިމު މަންޒަރެކެވެ. ޑރ. މައުސޫމް އައްޑޫ ސިޓީގައި ހުންނަވައިގެން މިއަދު މި ޓްވީޓް ކުރަށްވާފައި ވީނަމަވެސް މައުސޫމް އެރަށަށް ވަޑައިގެންނެވީ ކޮން ބޭނަމަކު ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

މިނިސްޓަރ ޑރ. މައުސޫމަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރަށްވާފައިވާ ބޭފުޅެކެވެ. ޑރ. މައުސޫމަށް އެމަގާމު ލިބިވަޑައިގެންނެވީ ކުރިން ޖުމްހޫރީ ޕާޓީގެ ފަރާތުން އެމަގާމު ފުރުއްވަމުން ގެންދެވި އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތު ތަކެއްގައި އޭނާ މަގާމުން ވަކި ކުރުމުންނެވެ.



މީގެކުރިން އެމްޑީޕީގެ ރަށްވެހިފަތިސް ކެމްޕޭނަށް ތާއީދު ކުރަށްވާކަން ޖޭޕީގެ ސްލޮޓެއްގައި ސަރުކާރުގެ ނާއިބް ރައީސް ކަމުގައި ހުންނެވި ފައިސަލް ނަސީމުވެސް ވަނީ ހާމަކުރަށްވާފައެވެ. އަދި އެމަނިކުފާނު ރައީސް ނަޝީދާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަކަށް ފަހު އެފޮޓޯ ޓްވީޓް ކުރަށްވައި ރައީސް ނަޝީދުވެސް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ނާއިބް ރައީސް ތާއީދު ކުރަށްވާނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށްކަން ހާމަކުރަށްވާފައިވާ ކަމަށެވެ. ފައިސަލް ނަސީމު ފަހުން ވަނީ އެކަން ކަށަވަރުކޮށްދެއްވައި ޓްވީޓެއް ކުރަށްވާފައެވެ.

ޤާސިމް އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން ހިންގަމުން ގެންދާ ޖޭޕީވެސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ކޯލިޝަން ސަރުކާރު އައުމުގެ ކުރިން ޑރ. މައުސޫމް ހުންނެވީ ޤާސިމްގެ ރިސޯޓެއްގެ އިސް މަގާމެއްގައެވެ. ޑރ. މައުސޫމަށް ސަރުކާރުގެ ސިޔާސީ މަގާމެއް ލިބިވަޑައިގެންނެވީ މިސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ގާސިމް ހުށައަޅުއްވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން