އދ. މަހިބަދޫގައި ސްޓެލްކޯއިން އަޅާ ޒަމާނީ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މިއިންޖީނުގެ އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ، މަހިބަދޫގައި މިހާރު ހުރި އިންޖީނުގެ ތަޅާލުމަށްފަހު އެބިމުގައެވެ. މިގޮތުން މިހާރު ހުރި އިންޖީނުގެ ވަގުތީ ތަނަކަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.



މިގޮތުން އަލަށް އިމާރާތްކުރާ މިއިންޖީނުގެއަކީ 5 މެގަވޮޓްގެ ކެޕޭސިޓީއަށް ތަރައްޤީ ކުރެވޭ ފެންވަރަށް އިމާރާތް ކުރަން ހަމަޖެހިފައިވާ ރާއްޖޭގައި އަޅާ އެންމެ ފެންވަރުގެ ޒަމާނީ، އިންޖީނުގެތަކުގެ ތެރޭގައި ހިމެނިގެންދާނެ އިންޖީނުގެއެއްކަމަށް މައުލޫމާތުލިބިފައިވެއެވެ.

މިއިންޖީނުގެ ވެގެން ދާނީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި އިންޖީނުގެއަކަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. މިގޮތުން އިންޖީނުގޭގެ އިމާރާތުގައި ސޯލާޕެނަލް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު ހެނދުނު އދ. މަހިބަދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން