ދ. ކުޑަހުވަދޫ. (ފޮޓޯ: ފޭސްބުކް)
ދ. ކުޑަހުވަދޫ. (ފޮޓޯ: ފޭސްބުކް)
ކޮވިޑް-19ގެ އަލާމަތްތައް ފެނިގެން ޓެސްޓު ކޮށްފައިވާ ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ދ. ކުޑަހުވަދޫ މޮނިޓަރިންއަށް ލައިފިއެވެ.

އެޗްޕީއޭ އިން ބުނީ ދ. ކުޑަހުވަދޫގައި އަލާމާތްތައް ފެނިގެން އެއަރޕޯޓުގެ މުވައްޒަފުންތަކެއް ކޮވިޑަށް ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައިވާކަމަށެވެ. މިގޮތުން ޕޮޒިޓިވްވެފައިވަނީ ކުޑަހުވަދޫ އެެއަރޕޯޓުގައި މަސައްކަތްކުރާ ހަ މުވައްޒަފެއްކަމަށްވެއެވެ.

މިކަމާއި ގުޅިގެން، 26 ފެބްރުއަރީ 2021 ގެ ފަހުން ދ. ކުޑަހުވަދޫ އިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ‏ހަމަ މިތާރީޚުގެ ފަހުން ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އަދި 26 ފެބްރުއަރީ 2021 ގެ ފަހުން ދ. ކުޑަހުވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން، މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، ނުވަތަ ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

މީގެއިތުރުން ދ. ކުޑަހުވަދޫގެ މިޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންނަށް ލާފައެވެ. އަދި އެޗްޕީއޭއިން ވަކިގޮތެެއް އަންގަންދެން ރަށަށް އަރައި ފޭބުންވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން