ބަންޑާރަކޮށީގައި މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތަޢާފަރުކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު.
ބަންޑާރަކޮށީގައި މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތަޢާފަރުކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު.
މެރިންކޯގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތަޢާރަފުކޮށްފިއެވެ.

ބަންޑާރަކޮށީގައި މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މި ރަސްމިއްޔާތުގައި މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު ވަނީ އެސްއޯޖީގެ ބައެއް މަޤާމުތަކަށް އައްޔަންކުރެވުނު ފަރާތްތަކުގެ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

އެމްއެންޑީއެފްގެ މެރިންކޯގައި މިއަދު އަލަށް ތަޢާރަފު ކުރެވުނު އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެކެވެ. އަދި މި ފޯސްއަކީ އެމްއެންޑީއެފްގެ އައު އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާގޮތަށް އެއްގަމާއި ކަނޑުގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލްކަން ލިބިފައިވާ ޚާއްޞަ ބާރެއްކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ ޢިލްމާއި ހުނަރު އުނގަންނައި ދެވިފައިވާ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަތިވެރި އަސްކަރީ އަޚްލާޤްގެ މަތީގައި ސާބިތުވެ ތިބޭ މި ޚާއްޞަ ފޯސްގެ ސަބަބުން މެރިންކޯގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެގެންދާނެކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މެރިންކޯގެ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް ތަޢާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިތުރުން މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި އެމްއެންޑީއެފްގެ ޑައިރެކްޓަރޭޓްތަކާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންގެ އިތުރުން މެރިންކޯގެ އިސްވެރިން ބައިވެރިވެލެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން