ޑރ. މައުސޫމް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެސިޓީގެ މޭޔަރ ސޯބެ އާއި އެހެން ބައެއް ބޭފުޅުންނާއެކު
ޑރ. މައުސޫމް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެސިޓީގެ މޭޔަރ ސޯބެ އާއި އެހެން ބައެއް ބޭފުޅުންނާއެކު
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ކައުންސިލުގެ އެއްވެސް މަޤާމަކަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ވާދަނުކުރައްވާކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ތާއީދުކުރައްވަން ނިންމަވާފައިވާކަމަށް މައުސޫމް ވިދާޅުވިއެވެ.

ޑރ. މައުސޫމް މިހާރު ކުރަށްވާ ޓްވީޓް ތަކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ބޭނުންކުރާ "ރަށްވެހި ފަތިސް" ސްލޯގަން ވެސް ގެންދަވަނީ ބޭނުން ކުރަށްވަމުންނެވެ.



ޑރ. މައުސޫމްގެ އިތުރުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވަން ނިންމެވިކަން ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ހާމަކުރަށްވާފައެވެ. ޖޭޕީގެ ކެންޑިޑޭޓުން ބައިވެރިވާ އިންތިޚާބެއްގައި ނާއިބު ރައީސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެކަން އިއުލާންކުރަށްވާފައިވާއިރު، އެކަމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މީގެކުރިން މިގޮތަށް އަމަލުކުރި ބައެއް ފަރާތްތަކާމެދު އެޕާޓީން ވަނީ ފިޔަވަޅު އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން