މިދިޔަމަހު އިމްޕޯޓްވެސް އަދި އެކްސްޕޯޓްވެސް ދަށްވެ ދައުލަަތަށް ލިބުނު އާމްދަނީ ވެސް ދަށަށް ގޮސްފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ފެބްރުއަރީމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ ފެބްރުއަރީމަހާ އަޅާބަލާއިރު 25 އިންސައްތަ ވަނީ ދަށްވެފައެވެ. 2020 ވަނަ އަހަރުގެ ފެބްރުއަރީމަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީމަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

މީގެއިތުރުން، ފާއިތުވި ފެބްރުއަރީމަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 15 އިންސައްތަ ވަނީ ދަށްވެފައެވެ. 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު 300 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ފެބްރުއަރީމަހު މި ޢަދަދުވަނީ 256 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ކަސްޓަމްސްގެ މައުލޫމާތު ތަކަށް ބަލާއިރު ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޫ.އޭ.އީ، ޗައިނާ އަދި އޮމާނެވެ. ޔޫ.އޭ.އީ އިން 407 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 381 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 339 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން