އަތޮޅުތެރޭގައި ހިންގި 2 އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މީގެތެރެއިން ފުރަތަމަ އޮޕަރޭޝަނަކީ ބ. ދަރަވަންދުއަށްދާ ފްލައިޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިއްޔެ ދަރަވަންދޫ ޕޮލިސް ޑެސްކާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ދަރަވަންދޫ އެއާޕޯޓުން 21 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 16 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން އިއްޔެ ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ގަން، ތުނޑި ފަޅު ގޯއްޗެއް ބަލައި ފާސްކުރިއިރު ހަ ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި ދެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން