ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓްތަކުގެ ތެރެއިން 5 ރިސޯޓެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީީ 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން 5 ރިސޯޓެއްގައި ފޮށި ނުބަހައްޓަން ނިންމީ ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވިއިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީކަމަށެވެ.

ވޯޓް ފޮށި ނުބަހައްޓަން ނިންމި ރިސޯޓްތަކަކީ، ކިހާ މޯލްޑިވްސް، ޕާމް ބީޗް އައިލެންޑް ރިސޯރޓް އެންޑް ސްޕާ، ބްރެނިއަރ ކޮއްޓެފަރު، ޑްރިފްޓް ތެލުވެލިގާ އަދި އާވީ ނޭޗާރސް ޕެރެޑައިސް ރިސޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ރިސޯޓުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށެވެ.



އިލެކްޝަންސް ކޮމިޝަނުުން މީގެކުރިން ވިދާޅުވީ މިފަހަރު ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 135 ރިސޯޓަކުން އެކަމަށް އެދި ހުށައަޅާފައިވާކަމަށެވެ. މީގެކުރީގެ އިންތިޚާބުތަކުގައި 50 މީހުން ރަޖިސްޓްރީނުވާ ރިސޯޓުތަކުގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ އެޗްޕީއޭގެ ގައިޑްލަންތަކުގައި ކަރަންޓީނު ނުވެ ރަށްރަށަށް ނުދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން