ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ އިސް އޮފިސަރުންނާ އެމްއެންޑީއެފްގެ ލީޑަރޝިޕުން ބައްދަލުކުރައްވައި މައުލޫމާތު ތަކެއް ހިއްސާ ކުރަށްވައިފި ކަމަށް ހާމަކޮށްފިއެވެ.

އިއްޔެ ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރަށްޤީއަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި ޕްލޭންތަކާ ބެހޭގޮތުން އެބޭފުޅުންނަށް މައުލޫމާތު އެރުވި ކަމަށް ބުނި ނަމަވެސް ކަނޑައެޅިގެން ހިއްސާ ކުރި މައުލޫމާތު ތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ސީނިއަރ އޮފިސަރުންނާއެކު މުހިއްމު ކަންތައްތަކުގައި ޚިޔާލުބަދަލުކުރެއްވިފައިވާކަމަށާއި، އެފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރައްވާކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވިއެވެ.



ރިޓަޔަރކުރައްވާފައިވާ އިސް އޮފިސަރުންނާ އެމްއެންޑީއެފްގެ ލީޑަރޝިޕުން ބައްދަލުކުރައްވާފައި މިވަނީ އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެެވެ. އެގޮތުން ގިނަ ބަޔަކު ދަނީ އިންޑިއާއާއެކު ހަދާފައިވާ ޔޫޓީއެފް އެއްބަސްވުން ހާމަކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ވިދާޅުވަމުން ދަނީ، ޔޫޓީއެފް އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން