މަޖިލީހުގެ ކިނބީދޫ ދާއިރާގެ މެމްބަރު, މުހައްމަދު ނާޝިޒް.
މަޖިލީހުގެ ކިނބީދޫ ދާއިރާގެ މެމްބަރު, މުހައްމަދު ނާޝިޒް.
ކޮމޮންވެލްތު ޕަބްލިކް އެކައުންޓަންޓްސް ކޮމިޓީގެ ވައިސް ޗެއަރކަމަށް މުހައްމަދު ނާޝިޒް ހަމަޖައްސަވައިފިއެވެ.

ނާޝިޒު މިމަގާމަށް ހޮވިވަޑައިގަތީ އިއްޔެ ބޭއްވި ކޮމޮންވެލްތު ޕަބްލިކް އެކައުންޓަންޓްސް ކޮމިޓީގެ އާންމު ބައްދަލުވުމުގައި ކޮމިޓީގެ ފުރިހަމަ ތާއީދާއި އެކުއެވެ. މުހައްމަދު ނާޝިޒަކީ، ރައްޔިތުންގެ މަޖިލީހުގެ ޕަބްލިކް އެކައުންޓަންޓްސް ކޮމިޓީގެ ޗެއަރ، އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުވެސް މެއެވެ.

ކޮމޮންވެލްތުން ޕަބްލިކް އެކައުންޓަންޓްސް ކޮމިޓީއެއް އެކުލަވާލައިފައިވަނީ 2015 ވަނަ އަހަރުއެވެ. މިއީ ކޮމަންވެލްތު ގައުމުތަކުގައި، ޕަބްލިކް ފައިނޭން މެނޭޖް ކުރުމާއި، މާލީ ހާލަތްތަކާއި ގުޅޭގޮތުން ޖަވާބުދާރީ ކުރުވައި، އެގައުމުތަކުގެ ރައްޔިތުންގެ އިތުބާރު ދެމެއްހެއްޓުމާއި، ސަރުކާރާއި މާލީ ވުޒާރާތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް، ކޮމޮންވެލްތު ގައުމުތަކުގެ ޕަބްލިކް އެކައުންޓަންޓްސް ކޮމިޓީތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ ބައިނަލް އަގުވާމީ ކޮމިޓީއެކެވެ.

މިގޮތުން 40 ގައުމެއްގެ ޕަބްލިކް އެކައުންޓަންޓްސް ކޮމިޓީތަކުން ކޮމޮންވެލްތު ޕަބްލިކް އެކައުންޓަންޓްސް ކޮމިޓީގައި މިހާރު ބައިވެރިވަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމޮންވެލްތު ޕަބްލިކް އެކައުންޓަންޓްސް ކޮމިޓީގެ ޗެއަަރކަން ކުރައްވަނީ އިނގިރޭސިވިލާތުގެ މަޖިލިސް މެމްބަރ އަދި ޕަބްލިކް އެކައުންޓަންޓްސް ކޮމިޓީގެ ޗެއަރ، މެގް ހިލަރ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން